ފިލްމީ ދާއިރާގައި، އަންހެންކުދިންނަށް ހުނަރު ދައްކާލެވޭވަރުގެ ބޮޑެތި ރޯލްތަކެއް ނުލިބޭކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ނިއުމާ ބުނެފައި ވަނީ، އެކަމާ އެއްބަސްވާ ކަމަށެވެ.
"އަނެއްހެން ބުނަންޏާ އަހަރެންވެސް 25 އަހަރު ފިލްމު ކުޅެކުޅެފައި ހުއްޓާލިއިރު، އަސްލު އަހަރެން ބޭނުންވާ ކަހަލަ ކެރެކްޓަރ އެއް އަހަންނަކަށް ނުކުޅެވޭ".
އަސްލު އެކްޓެއް ނުކުޅެވޭ ސަބަބަކަށް ނިއުމާ ފާހަގަކޮށްފައި ވަނީ، ފިލްމުތައް ބޮޑަށް ފިރިހެން ކެރެކްޓަރއަށް އަމާޒު ކުރެވިފައި ވާތީ ކަމަށެވެ.
އާއްމުކޮށް ރާއްޖޭގައި ގިނަ ފިލްމުތައް ހެދިފައި ހުރީ ބޮޑަށް ފިރިހެން ކެރެކްޓަރއަށް ބިނާކޮށްކަމަށް ނިއުމާ ފާހަގަކުރިއެވެ. އަދި ފިލްމުގެ ލީޑް ހުންނަނީ ގިނައިން ފިރިހެނުންނަށް ކަމަށާއި، އަންހެނުންނަށް ލިބެނީ ފިރިހެންމީހާގެ ލޯބިވެރިޔާފަދަ ރޯލު ކަމަށެވެ.
ނިއުމާ ބުނީ މިހާރު ކުޅެފައި ހުރި ފިލްމުތަކަށް ވުރެ އެތައް ގުނައެއް ރަނގަޅަށް މަސައްކަތްކުރަން މިހާރު އެނގޭކަމަށެވެ.
ފިލްމީ ދާއިރާގައި ވަކި މީހެއްގެ ޕްރޮޖެކްޓެއް ލިބޭތޯ ވަކި ގޮތަކަށް ނޫޅޭ ކަމަށެވެ. ފިލްމުތަކަށް ޓެލެންޓް ހުރި މީހުނަށްވުރެ، އެމީހާގެ 'ލޫކްސް' އަށް ބަލާކަމަށް ބުނާ ވާހަކަ ނިއުމާ ވަނީ ދޮގުކޮށްފައެވެ.
އެގޮތުން އޭނާ ބުނީ ފިލްމީ ދާއިރާއަށް ނިކުތުމުން، ބައެއް މީހުން އޭނާއާ ދިމާއަށް ވެސް އެއްޗެހި ބުނެފައި ވާ ކަމަށާއި، މީހެއްގެ ފިލްމަކަށް ނުލާނެ ކަމަށް ވެސް ކަނޑައެޅިގެން މީހަކު ބުނި ކަމަށެވެ. ސަބަބަކީ އޭނާ ބޭނުންވާ 'ލޫކް' ނިއުމާގެ ނެތުުމުން ކަމަށް ނިއުމާ ބުންޏެވެ. ނަމަވެސް ނިއުމާ ފިލްމު ކުޅުން ހުއްޓާލާފައި ވަނީ އެހެން ބުނި މިޙާގެ ފިލްމެއް ވެސް ކުޅިފައި ކަމަށް ނިއުމާ ބުނެެއެވެ.
ނިއުމާ ބުނީ އެފަދަ އެންމެ މީހަކު އުޅެދާނެ ކަމަށާއި، ނަމަވެސް އާއްމުކޮށް ފިލްމުތަކުގައި، 'ލޫކްސް' އަށްވުރެ ހުނަރަށް ބަލާކަމަށެވެ. އެގޮތުން އެ ފިލްމެއްގައި އިންނަ 'ކެރެކްޓަރ' އެންމެ ރަނގަޅަށް ކުޅެވޭނެ މީހެއް ބަލައިގެން ކާސްޓުން ހޮވާކަމަށް ނިއުމާ ބުނެއެވެ.
ނިއުމާގެ ޕްރޮޑަކްޝަންއެއްގައި ބަލާނީ، ފިލްމުގެ ކެރެކްޓަރއަށް އެންމެ 'ފިޓް' ވަނީ ކާކުތޯ އާއި އެމީހެއްގެ 'އެވޭލަބިލިޓީ' ހުންނަ ގޮތެއްގެ މައްޗަށް ކަމަށް ނިއުމާ ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް