މާބަނޑު އަންހެނަަކަށް އިހުމާލުވިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ

މާބަނޑު އަންހެނަަކަށް އިހުމާލުވިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ. އެ މައްސަލައިގައި މީގެ ކުރިން އެޗްޕީއޭ ޓެގްކޮށް، މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ނުވަ މަހުގެ ބަނޑުބޮޑު އަންހެނ...

15 May 2021 | 09:11

މާބަނޑު އަންހެނަަކަށް އިހުމާލުވިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ މައްސަލައިގައި މީގެ ކުރިން އެޗްޕީއޭ ޓެގްކޮށް، މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ނުވަ މަހުގެ ބަނޑުބޮޑު އަންހެނަކު ހޯމް ކަރަންޓީންގައި ހުރި ކަމަށެވެ. އަދި އެއީ އޭނާގެ ދައްތަ ކަމަށާއި، ދައްތަ ވަރަށް ބަލިކަމަށް އެ ޓްވީޓްގައި އޭނާ ބުނެފައި ވެއެވެ.

އެޗްޕީއޭއަށް ގުޅަމުންދާތާ ފަސް ދުވަސް ވެފައި ވާއިރުވެސް އެއްވެސް މީހަކު، އެ މާބަނޑު އަންހެން މީހާގެ ހާލު ބަލަން ނުދާކަމަށެވެ. އެހެންކަމުން އެމީހުން ބޭނުމީ އެމީހުންގެ ދައްތަ ހޮސްޕިޓަލަށް ގެންގޮސް، ދައްތަ އާއި ބަނޑުގައިވާ ދަރިފުޅުގެ ކަންކަން ރަނގަޅުތޯ ބެލުމަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އޭގެ ފަހުން އެކަމާ ގުިޅިގެން އެހެން މީހެއްވެސް ޓްވީޓް ކޮށްފައި ވެއެވެ. އައިމިނަތު ލަމްހާ އަސްލަމް ބުނެފައި ވަނީ، ކުރިން ކޮށްފައިވާ ޓްވީޓާ ގުޅިގެން، އެ ޓްވީޓް ކުރިތާ ގަޑީރެއްގެ ތެރޭގައި އެ މާބަނޑު އަންހެންމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އެއީ ޔޫރިން އިންފެކްޝަން ކަމަށް ބުނެ ފަހުން އެ އަންހެންމީހާ ގެއަށް ފޮނުވާލާފައި ވާކަމަށެވެ.

ލަމްހާ ބުނެފައިވަނީ ތިނެއް ޖެހިއިރު އެ މާބަނޑު އަންހެންމީހާ ގެއަށް ފޮނުވާލި ކަމަށާއި އަދި ފަހެއް ޖެހިއިރު ލޭ މަނާނުވާތީ އެމަޖެންސީގައި އޮޕަރޭޝަން ކޮށް ދަރިފުޅު ނެގިކަމަށެވެ. ލަމްހާ ބުނެފައިވަނީ އެމީހުން ރުޅިއައީ އެހެންވެ ކަމަށެވެ.

މާބަނޑު އަންހެނަކު އެހާ ބަލިއިރު ގެއަށް ފޮނުވާލީ ކީއްވެތޯ އާއި އަންހެންމީހާ އާއި ދަރިފުޅަށް ކަމެއް ދިމާވި ނަމަ ޒިންމާ ވާނީ ކާކުތޯ ލަމްހާ ސުވާލު އުފައްދާފައި ވެއެވެ.

އެޗްޕީއޭ، ހެލްތް މިނިސްޓަރ އަދި ރައީސް އޮފީހުގެ ސްޕޯކްސް ޕަރސަން ޓެގް ކުރުމަށްފަހު ލަމްހާ ވަނީ، މާބަނޑު އަންހެންމީހާ ގެއަށް ފޮނުވާލުމުގެ ކުރިން އެޗްއެމްއެޗްގައި ފަރުވާ ނުދިނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް