ފުރާޅު އެއްލައިލުމުން ރ. ވާދޫ ރައްޔިތުންގެ ގުދަނުގައި ހުރި އެއްޗެއްސަށް ފެނުގެ އަސަރުކޮށްފި

މިހާރު ދިވެހިރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރ. ވާދުއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ގޮތުން އިއްޔެ ރަށަށް ވަރަށް ބޮޑަށް އުދަ އަރާފަައިވާއިިރު، ބައެއް ގޭގެއަށާއި އާންމުންގެ ތަކެއްޗާއި މުދ...

15 May 2021 | 09:05

މިހާރު ދިވެހިރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރ. ވާދުއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ގޮތުން އިއްޔެ ރަށަށް ވަރަށް ބޮޑަށް އުދަ އަރާފަައިވާއިިރު، ބައެއް ގޭގެއަށާއި އާންމުންގެ ތަކެއްޗާއި މުދަލަށް ލޮނުގެ އަސަރުކޮށްފަައި ވެއެވެ.

ގޭގެއަށް ލޮނުގަނޑު ވަނުން ކޮންޓްރޯލް ކުރުމަށް ވާދޫގެ ރައްޔިތުން ވަނީ ގުޅިގެން މަސައްކަތްކޮށްފައެވެ. ރައްޔިތުން ނުކުމެ ގޭގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖަހާފައި ވެއެވެ. އަދި ލޮނުގަނޑު ހިންދުމަށް ބައެއް ތަންތަނުގައި ވަޅުގަނޑު ކޮނެފަަައިވެއެވެ.

އިއްޔެއަކީ އާދަޔާ ޚިލާފަށް ވައިބާރު ދުވަހެއްކަމުން ވާދޫ ކައުންސިލް އިދާރާގެ ގުދަނުގެ ފުރާޅުގެ ޓިނު ގަނޑު ވަނީ ވަޔާ އެއްލާލައިފައެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކުން ގަސްގަސް ވެރިފަައިވެއެވެ.

ވާދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ރައްޔިތުންގެ ގުދަނަކީ ދުވަސްވީ ގިނަ ލިޔެކިޔުންތަކަކާއި ކަރަންޓްގެ އާލާތްތައް އަދި މި ނޫންވެސް ރައްޔިތުންގެ މުދާ ރައްކާކުރެވިފައިވާ ތަނެކެވެ. ފުރާޅު އެއްލައިލުމުގެ ސަބަބުން އެ ތަކެއްޗަށް ވާރޭ ފެނުގެ އަސަރުކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ނަމަވެސް، އެއްވެސް އެއްޗެއް ހަލާކުވެފައިވާކަން ޔަގީން ކުރެވޭނީ އެކަން ދެނެގަތުމުގެ މަސައްކަތް ފެށުމުން ކަމަށާއި އެ މަަސައްކަތް ހޯމަ ދުވަހު އޮންނަ އާ ކައުންސިލް ހުވާލުރުމުގެ ރަސްމިއްޔާތަށް ފަހު ފެށޭނެ ކަމަށް ވާދޫ ކައުންސިލުން ބުނެއެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް