ކޮވިޑްގައި ދިއްދޫއިން މީހަކު ނިޔާވެ، ޖުމުލަ އަދަދު 94ށް އަރައިފިއެވެ.
ނިޔާވެފައިވަނީ އުމުރުން83 އަހަރުގެ ދިވެހި އަންހެނެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއަދު ހެނދުނު ހދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މި މީހާ ނިޔާވެފައި ވަނީ ހެނދުނު08:45 ހާއިރުއެވެ.
މިއީ ކޮވިޑްގައި މިއަދު މިޔާވި ދެވަަނަ މީހާއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި، މިއަދު ފުރަތަމަ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދުގެ ދެވަނަ މަރާއެކު ރާއްޖެއިން ކޮވިޑުގައި ދުނިޔެ ދޫކުރި މީހުންގެ އަދަދު 94 އަށް އަރާފައިވާއިރު އިއްޔެ އެކަނިވެސް ފަސް މީހަކު މަރުވަފައިވެއެވެ. މި މަހަށް އެކަނި ބަލާލާނަމަ މިއީ 21 ވަނަ މަރެވެ.
ކޮވިޑުގައި އިތުރު މީހަކު ދުނިޔެ ދޫކޮށްފައިވާއިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު މިވަނީ ދުވަހަކު ނުދާ ވަރަށް ގޯސްވެފައެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވް ވާ އަދަދު އުޅެނީ ހާހުން މަތީގައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 15 ހާހުން މަތީގައެވެ. އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ އަދަދުވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް