އައްޑޫ ސިޓީގައި ވެސް ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލައިފި

އައްޑޫ ސިޓީގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގާފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. އައްޑޫގައި ޖަމ...

15 May 2021 | 05:24

އައްޑޫ ސިޓީގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގާފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އައްޑޫގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލާފައިވަނީ މިއަދުގެ ފަތިސް ނަމާދުން ފެށިގެންނެވެ.

އައްޑޫ ސިޓީން އިތުރު 15 މީހަކު ކޯވިޑް-19 އަށް އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ. އައްޑޫ ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް ހުޅުދޫން 11 ކޭސް، މީދޫން ދެ ކޭސް، ހިތަދޫން އެއް ކޭސް އަދި ފޭދޫން އެއް ކޭސް ފެނިފައިވާ ކަމަށެވެ.

އެއާއެކު ހިތަދޫގައި ކޯވިޑްގެ އެކްޓިވް 27 ކޭސް، ފޭދޫގައި ހަ ކޭސް، ހުޅުދޫގައި 52 ކޭސް އަދި މީދޫގައި 11 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު 98 އަށް ވަނީ އަރާފައެވެ. ބަލިން އެކަކު ރަނގަޅު ވެފައިވާއިރު، އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ކޯވިޑް ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ ހަތް ދުވަހުގެ މުއްދަތަށް އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައެވެ. އެގޮތުން ހަވީރު 6 އިން ފެށިގެން ފަތިހު 4:00 އަށް، ކާފިއު ހިންގުމަށް ނިންމާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް