ކޮވިޑުގައި އިތުރު ދިވެއްސަކު ދުނިޔެ ދޫކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑުގައި ދުނިޔެ ދޫކުރި މީހުންގެ އަދަދު 93 އަށް އަރާފައިވާއިރު އިއްޔެ އެކަނިވެސް ފަސް މީހަކު މަރުވަފައިވެއެވެ. މި މަހަށް އެކަނި ބަލާލާނަމަ މިއީ 20 ވަނަ މަރެވެ.
ކޮވިޑުގައި އިތުރު މީހަކު ދުނިޔެ ދޫކޮށްފައިވާއިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު މިވަނީ ދުވަހަކު ނުދާ ވަރަށް ގޯސްވެފައެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވް ވާ އަދަދު އުޅެނީ ހާހުން މަތީގައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 15 ހާހުން މަތީގައެވެ. އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ އަދަދުވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް