ކޮވިޑްގައި 63 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޮވިޑްގައި 63 އަހަރުގެ އަންހެނެއް ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި ނިޔާވެފައިވަނީ ޑީއެޗް11 ގައި އެޑްމިޓްކޮށްފައިވާ ދިވެހި އަންހެނެކެވެ. އެޗްޕީއޭއިން ބުނ...

14 May 2021 | 20:42

ކޮވިޑްގައި 63 އަހަރުގެ އަންހެނެއް ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި ނިޔާވެފައިވަނީ ޑީއެޗް11 ގައި އެޑްމިޓްކޮށްފައިވާ ދިވެހި އަންހެނެކެވެ.

އެޗްޕީއޭއިން ބުނީ، މި އަންހެން މީހާ ނިޔާވެފައި ވަނީ14 ވަނަ ދުވަހުގެ11:53 ހާއިރުކަމަށެވެ. އެހެންކަމުން މިއީ ކޮވިޑްގައި މިއަދު ނިޔާވި ފަސް ވަނަ މީހާއެވެ.

އެހެންކަމުން ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 92ށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، ކޮވިޑްގައި މިއަދު ނިޔާވި ހަތަރުވަނަ މީހާ އަކީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ އަކީ މިއަދު މެންދުރު އައިޖީއެމްއެޗު އެމަޖެންސީ ރޫމަށް ފަރުވާދޭން ގެންދެވުނު މީހެއް ކަމަށް ބުނެ އެވެ.

އެޗްޕީއޭއިން ބުނީ އެމީހާ ނިޔާވީ މެންދުރު 12:48 ގައި ކަމަށެވެ.

އެއީ މި ބަލީގައި ރާއްޖެއިން މަރުވި 91 ވަނަ މީހާގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ހަތަރު ވަނަ މީހާ އެވެ.

މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ރޭ މެންދަމު 2:24 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެން މަރުވެފައިވަނީ ހެނދުނު 6:30 ގައި ހަމަ އެ ތަނުގައި ފަރުުވާ ދެމުން ދިޔަ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ތިން ވަނައަށް މަރުވެފައިވަނީ ހެނދުނު 9:05 ގައި ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫ (ޑީއެޗް11) ގައި ފަރުވާ ދެމުން ދިޔަ 86 އަހަރުގެ ދިވެހި އަންހެނެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 41،308 މީހުން ޕޮސިޓިވްވެފައިވެ އެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 27،428 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް