"ލޯތްބާއިއެކު" ކެމްޕެއިނުގެ ތެރެއިން ފަލަސްތީނަށް އެމަޖެންސީ އެހީ ފޮނުވުމުގެ ފުރުސަތު

ފަލަސްތީނުގެ ގާޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ އެތައް ހާސް މުސްލިމުންނަށް އެހީވުމަށް ރާއްޖެއިން ތައްޔާރުވެއްޖެ އެވެ. މިފަހަރުވެސް މި ކެމްޕެއިން ކުރިޔަށް ގެންދަނީ...

14 May 2021 | 19:13

ފަލަސްތީނުގެ ގާޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ އެތައް ހާސް މުސްލިމުންނަށް އެހީވުމަށް ރާއްޖެއިން ތައްޔާރުވެއްޖެ އެވެ.

މިފަހަރުވެސް މި ކެމްޕެއިން ކުރިޔަށް ގެންދަނީ މީގެ ކުރިން ސީރިއާ އާއި ފަލަސްތީނުގައި ތިބި މުސްލިމް އަހުންނަށް ދިވެހިންގެ އެހީ ފޯރުކޮށްދިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުންނެވެ. އެ ހަރަކާތުން ބުނީ މިހާރު ހުޅުވާލާފައިވަނީ "ލޯތްބާއިއެކު 2021" ތެރެއިން ފަލަސްތީނަށް އެހީވުމަށް ކަމަށެވެ.

މި ކެމްޕެއިންގެ ތެރެއިން ފަލަސްތީނުގައި އެންމެ ބޮޑަށް އެހީތެރިކަމަށް ބޭނުންޖެހިފައިވާ މުސްލިމް އަހުންނާއި އުހްތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެ އެވެ. އެހީގެ ގޮތުގައި ފޮނުވަން ނިންމާފައިވަނީ ކޮން ތަކެއްޗެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

އެ ހަރަކާތުން ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިންކޮށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ ބީއެމްއެލް އިސްލާމިކްގައި ހުޅުވާފައިވާ "ލޯތްބާއިއެކު" އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމުން ފަލަސްތީނު ރައްޔިތުންނަށް އެހީފޮނުވުމުގައި ބައިވެރިވެވުނީ ކަމަށެވެ.

"ލޯތްބާއިއެކީ" އެކައުންޓު ނަމްބަރު: 7770000026259

މީގެ ކުރިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ހިންގި މިފަދަ ހަރަކާތްތަކުގައި ދިވެހިން ދިން ފައިސާގެ އެހީގައި ވަނީ ރޯދަ މަހު ސީރިއާ އާއި ފަލަސްތީންގެ ގާޒާގައި ދިރިއުޅޭ މުސްލިމުންނަށް ކާބޯތަކެތީގެ އެހީ ފޮނުވާފަ އެވެ. ބައެއް ފަހަރު އަންނައުނުވެސް ފޮނުވާފައިވެ އެވެ.

މި ޕްރޮގްރާމްތައް މެދުކެނޑިފައިވަނީ ކޯވިޑް-19 އާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް