ވައުދުތަށް ފުރިހަމަނުކުރެވޭ ނަމަ 2018ގައި ރައީސް ޔާމީނަށް ޖާގައެއް ނެތް – ޢަލީ ނިޒާރު

ރަޢީސް ޔާމީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަށް ފުއްދައި ނުދީ 2018 ރަޢީސް ޔާމީނަށް ނެތްކަމަށާއި، މިޤައުމުގެ 80 އިންސައްތަ ރައްޔިތުން ރަޢީސް ޔާމީނަށް ނޫނެކޭ ބުނެފައިވާކަމަށް ރައްޔިތުން މަޖިލީހުގެ އައް...

15 May 2017 | 16:55

ރަޢީސް ޔާމީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަށް ފުއްދައި ނުދީ 2018 ރަޢީސް ޔާމީނަށް ނެތްކަމަށާއި، މިޤައުމުގެ 80 އިންސައްތަ ރައްޔިތުން ރަޢީސް ޔާމީނަށް ނޫނެކޭ ބުނެފައިވާކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު ވިދާޅުވެއްޖެއެވެ.

"އެ ނޫނެކޭ ބުނަން ޖެހުނު ގޮތްތައް ވަރަށް ރީއްޗަށް ހާމަކޮށް ފެންނަން އެބައޮތް. އަޅުގަނޑުމެންގެ ދަނޑުވެރިންނާއި، މަސްވެރިންނަށްޓައި ވައުދުވެ ވަޑައިގެންނެވި، ބެޔަސް ނުބެޔަސް ލާރި ދޭނެކަމަށް ރައީސް ޔާމީންގެ މެނިފެސްޓޯގައި ލިޔުއްވި. ރައްޔިތުން ހަނދާން އެބަހުރި މީގެ ތިން އަހަރުކުރިން ވި ވައުދު". ނިޒާރު ވިދާޅުވިއެވެ.

ނިޒާރު މިހެން ވިދާޅުވީ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އިނދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނިޒާރު ވިދާޅުވީ އެއްލީޑަރަކަށް ރުހޭ ގޮތެއް އަނެއް ލީޑަރަކު ރުހި ނުދާނެކަމަށާއި، ސިޔާސީ ވާދަވެރިކަމަކީ ހިޔާލު ތަފާތުވުންތަކެއް އޮތުން ކަމަށެވެ.

"އަޅުގަނޑު އެދޭގޮތެއް ތިޔަބޭފުޅުން ބޭނުން ނުވެދާނެ. އެއީ އިންސާނާ އިންސާނުންނަށް ވުމަކީ. އެހެންވީމަ އަޅުގަނޑުމެންގެ ސިޔާސީ މަސްރަހުގާވެސް މިކަން މިހެން އޮންނަން ޖެހޭ. މިދެންނެވި އުސޫލުން ސިޔާސީ ލީޑަރުންގެ ވިސްނުން ހުންނަން ޖެހޭނީ. އެއްލީޑަރަކަށް ރުހޭ ގޮތެއް އަނެއް ލީޑަރަކު ރުހި ނުދާނެ. ދިވެހި ރައްޔިތުންގެ ރުހި ނުދާނެ" ނިޒާރު ވިދާޅުވިއެވެ.

އަދި ނިޒާރު ވިދާޅުވީ މެއި ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން މި ރާއްޖޭގެ ރައްޔިތުން ދައްކުވައި ދިނީ، ދައްކާ ވާހަކަ އަކުން މިކަން ބަދަލުވާން ނެތް ކަމަށެވެ.އަދި ދުލުން މީހަކު ބުނެލާ ބަހެއް ޤަބޫލުކުރަން ރައްޔިތުން ނެތް ކަން ވެސް އެދުވަހު ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި މެއި ހަ ވަނަ ދުވަހު މި ރާއްޖޭގެ ރައްޔިތުން މިދެއްކެވީ، އަދި ދައްކާ ވާހަކައަކުން މިކަން ބަދަލުވާން ނެތްކަން. ހަމައެކަނި ދުލުން ދައްކާ ވާހަކައަކުން ރައްޔިތުން ގަބޫލުކުރުން ނެތްކަން އަޅުގަނޑުމެންނަށް ހާމަވެގެން ގޮސްފި" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، މި ހިޔާލު ތަފާތުވުމަކީ މި ގައުމު ތެރޭގައިވެސް އޮންނަން ޖެހޭނެ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީންއަށް އެނގެން ޖެހޭނޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް