ކުރިޔަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ދެކުނުގެ ތިން އަތޮޅަށް ވައިޓް އެލާޓު ނެރެފި އެވެ. މެޓް އޮފީހުން މިއަދު ބުނީ ގދ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވ...

15 May 2017 | 09:50

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ދެކުނުގެ ތިން އަތޮޅަށް ވައިޓް އެލާޓު ނެރެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ގދ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވައިޓް އެލާޓު ނެރެފައިވަނީ މެންދުރު 1:30 ހަވީރު 6:00 އަށެވެ.

ވައިޓު އެލާޓު ނެރެނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހަދާންކޮށްދިނުމުގެ ގޮތުންނެވެ.

މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަކީ ހުޅަނގު މޫސުން ފެށެން ކުރަމުންދާ ވިއްސާރަ ކަމަށެވެ. އަދި ކުރިޔަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ވިލާ ގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ބައެއް ހިސާބުތަކަށް ގުގުރާނެ ކަމަށްވެސް ލަފާ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް