މާލެއިން ކަރަންޓު ދިޔަ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި

މިއަދު މާލެއިން ކަރަންޓު ދިޔަ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި އެވެ. އަލުން ކަރަންޓު ދީފައިވަނީ ގާތްގަނޑަކަށް ތިން ގަޑިއިރު ވާން އުޅެނިކޮށެވެ. ކަރަންޓު ދިޔައީ ގާތްގަނޑަކަށް 9:45 ހާއިރު އެވެ. އަދި...

15 May 2017 | 08:05

މިއަދު މާލެއިން ކަރަންޓު ދިޔަ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި އެވެ.

އަލުން ކަރަންޓު ދީފައިވަނީ ގާތްގަނޑަކަށް ތިން ގަޑިއިރު ވާން އުޅެނިކޮށެވެ. ކަރަންޓު ދިޔައީ ގާތްގަނޑަކަށް 9:45 ހާއިރު އެވެ. އަދި ކަރަންޓު އައީ މެންދުރު 12:30 ވާން އުޅެނިކޮށެވެ.

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ގޮސްފައިވާއިރު ކަރަންޓު ދިޔައީ ހެންވޭރާއި ގަލޮޅުންނެވެ.

ސްޓެލްކޯއިން ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ ދެ އިންޖީނު ހުއްޓުނީ ކަމަށެވެ. އަދި މިހާރު މައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ.

މިފަހަކަށް އައިސް މާލެއިން ވަރަށް ގިނައިން ކަރަންޓު ކެނޑެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް