މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ގިނަ ސަރަހައްދުތަކަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ. ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބައެއް ސަރަހައްދުތަކުން ކަރަންޓޫ ކެންޑިފައިވާ ކަމަށެވެ. އަދި މަސައްކަ...

15 May 2017 | 05:59

މާލޭގެ ގިނަ ސަރަހައްދުތަކަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބައެއް ސަރަހައްދުތަކުން ކަރަންޓޫ ކެންޑިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ހިދުމަތް ދެވޭތޯ ކަމަށެވެ.

ކަރަންޓު ކެންޑިފައިވަނީ ހެންވޭރުގެ ބޮޑު ބަޔަކުންނެވެ. ހެންވޭރުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެންޑެން ފަށާފައިވަނީ ހެނދުނު 9:45 ހާއިރުން ފެށިގެންނެވެ.

މިފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުން ވަރަށް ގިނަ އެވެ. މިދިޔަ ހަފްތާގެ ރެއެއްގެ ދަންވަރުގައިވެސް ވަނީ ކަރަންޓު ގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް