ރޯދަ މަހު ރޯދަ ނުހިފާ، ދުވާލު ގަޑީގައި ސުޕާރީ ކައި، ސިނގިރޭޓް ބުއި މީހަކު އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ޏ ފުވައްމުލައް/މާދަނޑު – ގުޑްވިލް، ހަސަން މުހައްމަދު ދީދީގެ މައްޗަށެވެ.
އެ ހުކުމްގައި ބުނެފައިވަނީ އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި، ރަމަޝާންމަހު ރޯދަ ނުހިފުމުގެ ކުށުގެ މައްސަލަ ޝަރީއަތުން ބެލި އިރު 12 ޖޫން 2016 (7 ރަމަޟާން 1437) ދުވަހު 13:11 ހާއިރު އަލިމަސް ކާނިވަލު ތެރޭގައި ހުންނަ "ލިލީ ރެސްޓޯރަންޓު" ތެރޭގައި މީނާ ހުރެ ސުޕާރީ ކައި، ސިނގިރޭޓު ބޮއެ، މަޤުބޫލު އުޒުރެއްނެތި ރަމަޟާން މަހުގެ ފަރުޝު ރޯދަ ދޫކޮށްލާފައިވާތީ ރަމަޟާން މަހުގެ ރޯދަ ނުހިފުމުގެ ކުށުން ހަސަން މުހައްމަދު ދީދީ ކުށްވެރިވާކަމަށް ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް