ކިތަންމެ ވަރަށް ސުވާލު ކުރިޔަސް ލޯބިވެރިއަކު ހޯދާނެ ދުވަހެއް ނުބުނާނަން: ޕަރިނީތާ

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޕްރިޔަންކާ ޗޮޕްރާގެ ކޮއްކޮ ޕަރިނީތާ ޗޯޕްރާ މީހަކާ އިންނާނެ ދުވަހެއް އަދި ލޯބީގެ ގޮތުން މީހަކާ ގުޅޭނެ ދުވަހެއް ބުނެދޭން ނޭނގޭ ކަމަށް އޭނާ ބުނެފި އެވެ. ނޫސްވެރިން ކުރި ސ...

15 May 2017 | 02:27

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޕްރިޔަންކާ ޗޮޕްރާގެ ކޮއްކޮ ޕަރިނީތާ ޗޯޕްރާ މީހަކާ އިންނާނެ ދުވަހެއް އަދި ލޯބީގެ ގޮތުން މީހަކާ ގުޅޭނެ ދުވަހެއް ބުނެދޭން ނޭނގޭ ކަމަށް އޭނާ ބުނެފި އެވެ.

ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޕަރިނީތާ ބުނެފައިވަނީ ލޯބިވެރިއަކު ހޯދާނެ ދުވަހެއް ހޯދަން ކިތަންމެ ވަރަކަށް ސުވާލު ކުރިޔަސް ދޭނެ ޖަވާބެއް ނެތް ކަމަށެވެ. ޕަރިނީތާ ބުނީ އޭނާ އާއި ނޫސްވެރިން ސުވާލެއް ކުރަންޏާ ލޯބިވެރިއަކު ހޯދަނީ ކޮން ދުވަހަކުތޯ ނާހާ އެންމެ ދުވަހެއްވެސް ނުދާނެ ކަމަށެވެ.

އޭނާ ބުނީ އެ ދުވަސް އަދި އަންނަން ގާތް ނުވާ ކަމަށެވެ. އަދި ބޭނުންވަނީ ފިމްލު ކުޅުމައިގެން ކުރިޔަށް ދާން ކަމަށާއި ލޯބިވެރިއަކު ހޯދަން ބޭނުން ނުވާ ކަމަށް ޕަރްނީތާ ބުންޏެވެ. މީގެ އިތުރުން މުޅި އުމުރު އެކުގައި ހޭދަ ކުރަން ބޭނުންވާ މީހާ ހޯދަން އަދި އެތައް ދުވަހެއް ބޭނުންވާ ކަމަށެވެ.

ލޯބިވެރިއަކު ނެތަސް އޭނާ ބުނާގޮތުގައި ވަރަށް ގާތް ފިރިހެން އެކުވެރިންތަކެއް އެބަތިއްބެވެ. އެއީ އަތިޔަ ރޯއީ ކަޕޫރު، އަރްޖުން ކަޕޫ އަދި އަޔުޝްމަން ކުރާނާ އެވެ.

އަޔުޝްމަން އަކީ މިހާރު ސިނަމާތަކުގައި ދައްކަމުންދާ ޕަރިނިތާގެ ފިލްމު "މޭރީ ޕިޔާރީ ބިންދޫ" ގައި އޭނާ އާއި އެކު ފެނިގެންދާ ތަރި އެވެ. މި ފިލްމަށް މާބޮޑު ކާމިޔާބީއެއް ލިބެމުން ނުދާކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް