ހެނދުނު ހުސް ބަނޑާ ހުރެ ދޮންކެޔޮ ކާންވާނެތަ؟

ދޮންކެޔޮ އަކީ އެއް މޭވާއަކުން ވަރަށް ގިނަ ފައިދާތަކެއް ހަށިގަނޑަށް ކުރާ މޭވާ އެކެވެ. ދޮންކެޔޮ އަކީ އެސިޑްގެ ބައި، ފައިބާ، ޕޮޓޭޝިއަމް އަދި ގިނަ އަދަދަކަށް ހަކަތަ އެކުލެވިގެންވާ މޭވާ އެކެވެ. ދޮންކެޔޮލުގ...

15 May 2017 | 01:57

ދޮންކެޔޮ އަކީ އެއް މޭވާއަކުން ވަރަށް ގިނަ ފައިދާތަކެއް ހަށިގަނޑަށް ކުރާ މޭވާ އެކެވެ.

ދޮންކެޔޮ އަކީ އެސިޑްގެ ބައި، ފައިބާ، ޕޮޓޭޝިއަމް އަދި ގިނަ އަދަދަކަށް ހަކަތަ އެކުލެވިގެންވާ މޭވާ އެކެވެ. ދޮންކެޔޮލުގެ 25 ޕަސެންޓަކީ ހަކުރެ އެވެ. އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ ބަޔާއި، ވިޓަމިން ބީ އަދި ބީ6 ލިބެ އެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދޮންކެޔޮ ކެއުމުން ހަށިގަނޑަށް ލިބޭ ހަކަތައިގެ ސަބަބުން ބަނޑުހައިކަން ފިލާގޮތްވެ އެވެ.

ދޮންކެޔޮ ކެއުމުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ތެރޭގައި މޭ އެންދުން ހުއްޓުން، ހިތުގެ މައްސަލަތައް މަދުވުން ހިމެނެ އެވެ. އަދި ބްލަޑް ޕެރޝަރު މައްޗަށް ނުދިއުން، ޑިޕްރެޝަން އަށް ދިއުމުގެ ފުރުސަތު ކުޑަވުމުގެ އިތުރުން ހަށިގަނޑަށް ފިނިކަން ލިބެ އެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ކޮންމެ ދުވަހެއްގެ ހެނދުނުގެ ކެއުމުގައި ދޮންކެޔޮ ހިމެނުމަކީ އެދުވަހެއްގައި ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެޅޭ ބާރެކެވެ. އެކަމަކު ހުސް ބަނޑާ ހުރެ ދޮންކެޔޮ ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ދޮންކެޔޮ ކެއުމުން ހަށިގަނޑަށް ލިބޭ މުހިންމު ފައިދާތަކުގެ ތެރޭގައި ހިމެނޭ ޕޮޓޭޝިއަމް ފައިބާ އަދި މެގްނީސިއަމް އަކީ ހުސް ބަނޑާ ހުންނަ މީހަކަށް ހަށިގަނޑުގެ އެތެރެއަށް ދިއުން އެހާ ރަނގަޅު ބައިތަކެއް ނޫނެވެ.

އިންޑިއާގެ ނިއުޓްރިޝަނިސްޓެއްކަމަށްވާ ޑރ އަންޖޫ ސޫދް ބުނެފައިވާގޮތުގައި އެ ބާވަތްތަކުން ހަށިގަނޑަށް ލިބޭ ގުދުރަތީ ހަކުރުގެ ސަބަބުން މާބޮޑަށް މީހާއަށް ހަކަތަ ލިބި، ކައި ނިމޭތާ އެތައް ގަޑިއިރެއް ވާއިރުވެސް ބަނޑު ފުރިފަ ހުންނަ އިހުސާސް ކުރެވޭނެ އެވެ. ހުސް ބަނޑާ ހުރެ ދޮންކެޔޮ ކެއުމުން ބަރު ބޮޑުވެ ނިދި އަންނަ ގޮތްވެސް ވާނެ އެވެ. އަދި ދޮންކެޔޮލުގައި ހުންނަ އެސިޑުގެ ސަބަބުން ހުސްބަނޑާ ހުރެ ދޮންކެޔޮ ކެއުމުން ބަނޑު ފުއްޕާގޮތްވާނެ އެވެ.

ޑރ އަންޖޫ ބުނެފައިވާގޮތުގައި ދޮންކެޔޮ ހެނދުނުގެ ނާސްތާގައި ހިމެނުމަކީ މުހިންމު ކަމެކެވެ. އެކަމަކު ދޮންކެޔޮ ކާންވާނީ ފަހުންނެވެ. ނުވަތަ އެހެން އެއްޗަކާއި އެއްކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް