ސެމްސަންގް ނޯޓް 8ގައި ޑުއަލް ކެމެރާ !

ސެމްސަންގް ކުންފުނީގެ ފެބްލެޓް ފެލްގްޝިޕް ނޯޓް ސީރީޒްގެ 7 އަށް ވެގެންދިޔައީ ހިތާމަވެރި ގޮތެކެވެ. ބެޓެރީ ގޮވާ މައްސަލައިން ސަލާމަތް ނުވެވި ނޯޓް 7 މާކެޓުންވެސް ނަގަން ޖެހުނީ އެވެ. ނަމަވެސް އެއީ މާޒީ އެވ...

15 May 2017 | 01:47

ސެމްސަންގް ކުންފުނީގެ ފެބްލެޓް ފެލްގްޝިޕް ނޯޓް ސީރީޒްގެ 7 އަށް ވެގެންދިޔައީ ހިތާމަވެރި ގޮތެކެވެ. ބެޓެރީ ގޮވާ މައްސަލައިން ސަލާމަތް ނުވެވި ނޯޓް 7 މާކެޓުންވެސް ނަގަން ޖެހުނީ އެވެ. ނަމަވެސް އެއީ މާޒީ އެވެ. 2017 ވަނަ އަހަރުގެ ދުވަސްތައް ގުނަމުން އަންނައިރު ބެލެވޭގޮތުގައި މި އަހަރު ނިމުމުގެ ކުރިން ސެމްސަންގް އިން އެ ކުންފުނީގެ ފެބްލެޓް ފްލްގްޝިޕްގެ ނޯޓް 8 ބާޒާރަށް ނެރޭނެ އެވެ.

އަހަރު ނިމެން އަދި އެތައް މަހެއް ބާކީ އޮތްނަމަވެސް ނޯޓް 8 އާއި ބެހޭގޮތުންވެސް ގިނަ ވާހަކަތަކެއް މިދަނީ ފެންމަތި ވަމުންނެވެ. މިގޮތުން އެންމެ އަޑުހަރުކޮށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ނޯޓް 8ގައި ޑުއަލް ކެމެރާ ބޭނުންކުރާ ވާހަކަ އެވެ. މި ވާހަކަ އެންމެ ފުރަތަމަ ދައްކާފައިވަނީ ކޭޖީއައިގެ ސެކިއުރިޓީ އެނަލިސްޓެއްކަމުގައިވާ މިންގ ޗީ ކުއޯ އެވެ.

މިންގް ޗީ ކުއޯ ދެއްކި ވާހަކަތަކަށް ބާރުލިބޭފަދަ ވާހަކަތަކެއް ސެމްސަންގް އުފައްދާ ގައުމު ކަމުގައިވާ ކޮރެއާގެ ނޫހެއް ކަމުގައިވާ އެމްކޭ ނިއުސް އިން މިވަނީ ހާމަކޮށްފަ އެވެ. ބައެއް މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ މި އަހަރުތެރޭގައި ސެމްސަންގް އިން ޑުއަލް ކެމެރާ ޓެކްނޮލޮޖީ ބޭނުންކުރަން ފަށާނެ އެވެ. އެ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނަމަ ސެމްސަންގް އިން ޑުއަލް ކެމެރާ ބޭނުންކުރާނީ ނޯޓް 8 ގައި ކަމުގައި ޓެކްނޮލޮޖީގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް