ވަން ޕްލަސް 5 އާއި ބެހޭގޮތުން ދެކެވޭ ތޯތޯ ވާހަކަ !

އެނގޭހާވެސް އެއްޗަކީ ވަން ޕްލަސް 5 މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި ރިލީޒް ކުރާނެ ކަމެވެ. މާ ބޮޑު ތަފްސީލެއް ރަސްމީ ސިފައެއްގައި ހާމަވެފައެއް ނުވެ އެވެ. އެހެންނަމަވެސް ތުންތުން މަތިން ދެކެވޭ ތޯތޯ ވ...

15 May 2017 | 01:33

އެނގޭހާވެސް އެއްޗަކީ ވަން ޕްލަސް 5 މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި ރިލީޒް ކުރާނެ ކަމެވެ. މާ ބޮޑު ތަފްސީލެއް ރަސްމީ ސިފައެއްގައި ހާމަވެފައެއް ނުވެ އެވެ. އެހެންނަމަވެސް ތުންތުން މަތިން ދެކެވޭ ތޯތޯ ވާހަކަތައް ގިނަކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން ރީސެލަރ ވެބްސައިޓެއް ކަމުގައިވާ ގީކްބައިއިންގ ވެބްސައިޓުން ވަނީ ވަންޕްލަސް 5 އާއި ބެހޭގޮތުން ގިނަ މައުލޫމާތު ތަކެއް ހާމަކޮށްފަ އެވެ.

ފޯނުގައި ހިމަނާނީ 5.5 އިންޗީގެ ކިއުއެޗްޑީ ޑިސްޕްލޭއެއް ކަމާއި، ހިމަނާފައިވަނީ ކުއަލްކޮމް ސްނެޕްޑްރެގޮން 835 ސީޕީޔޫއެއް ކަމާއި، 8 ޖީބީގެ ރޭމް އެއް ކަމާއި 64 ޖީބީގެ އިންޓަރނަލް ސްޓޯރޭޖް ކަމެވެ. އަދި 23 މެގަޕިކްސެލް ރިއަރ ކެމެރާއަކާއި 16 މެގަޕިކްސެލްގެ ފްރޮންޓް ކެމެރާއެއް ހިމަނާފައިވާކަމާއި ބެޓެރީއަކީ 4000 އެމްއޭއެޗްގެ ބެޓެރީއެއް ކަމާއި އޯއެސްއަކީ އެންޑްރޮއިޑް 7.1 ނޯގަޓްކަމުގައިވެސް އެ ވެބްސައިޓްގައި ހާމަކޮށްފައި ވެ އެވެ.

އެ ވެބްސައިޓްގައި ވާގޮތުން މި ފޯނު ވިއްކަން ފަށާނެ ކަމުގައި ބެލެވޭ އަގަކީ 449.99 ޑޮލަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް