ސެޕްޓެމްބަރު މަހު ލޯންޗް ކުރުމަށް ހަމަޖެހިފައިވާ އެޕަލްގެ ފްލެގްޝިޕް ސްމާޓްފޯނު އައިފޯނު 8 ވެގެންދާނީ މިހާތަނަށް ނެރޭ އެންމެ އަގުބޮޑު އައިފޯނަށް ކަމުގައި ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާ ހަދާފައިވަނީ އެމެރިކާއަށް ނިސްބަތްވާ އިންވެސްޓްމަންޓް ބޭންކިންގް ކުންފުންޏެއް ކަމުގައިވާ ގޯލްޑްމަން ސޭޗްސް އިންނެވެ.
އެ ދިރާސާގައިވާގޮތުން އައިފޯނު 8 128 ޖީބީ ވިއްކަން ފަށާނެކަމުގައި ބެލެވެނީ 999 ޑޮލަރަށެވެ. އަދި އައިފޯނު 8 256 ޖީބީ ވިއްކަން ފަށާނެ ކަމަށް ބެލެވެނީ 1099 ޑޮލަރަށެވެ. ވިއްކަން ފަށާ އަގުތަކަކީ މި އަގުތައް ކަމުގައި ވެއްޖެނަމަ އެ އަގުތައް ވެގެންދާނީ މިހާރު ވިއްކާ އެންމެ އަގުބޮޑު އައިފޯނަށްވުރެ 130 ޑޮލަރު އަގުބޮޑު އައިފޯނަކަށެވެ.
އެ ކުންފުނިން ވަނީ މި އަހަރު އެޕަލް އިން ނެރޭނެކަމަށް ބެލެވޭ އައިފޯނު އައިފޯނު 7 އެސް އާއި އައިފޯނު 7 އެސް ޕްލަސްގެ އަގުވެސް އަންދާޒާ ކޮށްފަ އެވެ. އެގޮތުން އައިފޯނު 7 އެސް ޕްލަސް ވިއްކަން ފަށާނީ 769 ޑޮލަރަށް ކަމަށާއ އައިފޯނު 7 އެސް ވިއްކަން ފަށާނީ 649 ޑޮލަރަށްކަމުގައި ސޭޗްސް އިން އަންދާޒާ ކޮށްފައި ވެ އެވެ.
އެ ދިރާސާގައިވާގޮތުން ވިއްކާނެ ކަމަށް ބެލެވޭ އަގުތައް ކަނޑައަޅާފައިވަނީ މިހާތަނަށް އެޕަލް އިން އައިފޯނު ލޯންޗްކޮށް ވިއްކަމުންދިޔަ އަގުތަކުގެ ޓްރެންޑަށް ބެލުމަށްފަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް