ކުރިނބީ ވޯޓު ފޮށި އަލުން ގުނިއިރު އެމްޑީޕީ ކެންޑިޑޭޓަކަށް އެއް ވޯޓު އިތުރުވެގެން، އޭނާ ހޮވިއްޖެ

މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ދެ ވަނަ ބުރު ބާއްވަންޖެހޭ ކަމަށް ބުނެފައިވާ ހދ. ކުރިނބީ ވޯޓު ފޮށި އަލުން ގުނި އިރު އެމްޑީޕީގެ ކެންޑިޑޭޓު ...

15 May 2017 | 01:09

މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ދެ ވަނަ ބުރު ބާއްވަންޖެހޭ ކަމަށް ބުނެފައިވާ ހދ. ކުރިނބީ ވޯޓު ފޮށި އަލުން ގުނި އިރު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ޝާފީއަށް އެއް ވޯޓު އިތުރުވެއްޖެ އެވެ.

އެ ރަށު ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ވޯޓު އެއްވަރުވެފައިވަނީ ޝާފީގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު މުޖުތަބާ އަދި ޕީޕިއެމްގެ ކެންޑިޑޭޓު އިސްމާއިލް އާސިފްގެ ވޯޓެވެ. އެ ތިން ކެންޑިޑޭޓުންނަށްވެސް ލިބިފައިވާކަމަށް ވަގުތީ ނަތީޖާއިން ކުރިން ދެއްކީ 218 ވޯޓެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަނުން އަލުން އިއްޔެ އެ ވޯޓު ފޮށި ގުނި އިރު ޝާފީއަށް 219 ވޯޓު ލިބިފައިވެ އެވެ. ވޯޓު ފޮށި އަލުން ގުނީ ކެންޑިޑޭޓުންގެ މަންދޫބުންނާއި މޮނީޓަރުންނާއި އޮބްޒާވަރުންގެ ކުރިމަތީގައި އެވެ. ޝަފީގެ އިތުރުން ކުރިނބީ ކައުންސިލަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ ކައުންސިލަރު އަހުމަދު އަފްރާހަށްވެސް އެއް ވޯޓު އިތުރަށް ލިބިފައިވެ އެވެ.

ދެން ކުރިނބީ ކައުންސިލަށް އިންތިހާބުވެފައިވަނީ ޕީޕިއެމްގެ ކެންޑިޑޭޓު އަބްދުލް ފައްތާހު އަބޫބަކުރެވެ.

އިސީން ވަނީ ވޯޓު ފޮށި ގުނައި އަލުން ވަގުތީ ނަތީޖާ އާންމުކޮށްފައި އެވެ. އީސީގެ މި ވަގުތީ ނަތީޖާ އާއި އެކު ދެން ކައުންސިލް އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނީ ށ. ކޮމަންޑޫގައި އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް