ފޮޓޯގައި އެވަނީ ސައުދީ އަރަބިއްޔާގެ ކިންގް ހާލިދު ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުން އަންނަ ޑޮކްޓަރެއްކަމުގައިވާ ޑޮކްޓަރު ހާލިދު އަލް ތަވާލާ އެވެ. އޭނާ އަކީ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓެކެވެ.
ހާލިދު މިވަނީ ތަފާތު ކަމެއް ފަށާފަ އެވެ. އެއީ ކޮންމެ ދުވަހަކު ތިން ގަޑިއިރު، ސްނެޕްޗެޓް މެދުވެރިކޮށް މީހުންނަށް މެޑިކަލް ކޮންސަލްޓެންސީ ދިނުމެވެ. ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލުތަކަށް ނުދެވޭ މީހުންނަށް އަމާޒު ކޮށެވެ. އެންމެ ހައިރާން ކުރުވަނިވި ކަމަކީ ހާލިދުގެ ފަރާތުން ސްނެޕްޗެޓް ކޮންސަލްޓެންސީ ހޯދާ މީހުން ދައްކަން ޖެހޭ ފީ އެވެ.
ފީއެއް ދެއްކުމުގައ ބަދަލުގައި ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމަކީ އެހީތެރިކަމަށް ބޭނުންވާ ކޮންމެވެސް މީހަކަށް ނުވަތަ ބަޔަކަށް ފެންކޭހެއް ހަދިޔާ ކުރުމެވެ. ހާލިދުގެ ސަރުތަކީ އެއީ އެވެ.
އޭނާ ބުނެފައިވަނީ މިކަން ފަށައިގެން ކުރިއަށްގެންދާތާ އަދި މާ ގިނަ ދުވަސްތަކެއް ވެފައި ނުވި ނަމަވެސް ދުވާލަކު 200 އާއި ގާތްކުރާ އަދަދަކަށް މީހުން ސްނެޕްޗެޓް މެދުވެރިކޮށް މެޑިކަލް ކޮންސަލްޓެންސީ ހޯދާ ކަމަށެވެ. ހާލިދު ބުނެފައިވަނީ މިކަން ކުރަނީ މަޝްހޫރު ކަމާއި މަގްބޫލުކަން ހޯދުމުގެ ނިޔަތުގައި ނޫން ކަމަށާއި އިންސާނިއްޔަތަށް ހިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް