ސައުދީގެ އަވާމިޔާގައި ދިން ހަމަލާގައި ނިޔާވީ މި ކުޑަކުއްޖާ

ފޮޓޯއިން އެ ފެންނަނީ ސައުދީއަށް ނިސްބަތްވާ އުމުރުން އެންމެ ތިން އަހަރުގެ ކުޑަކުއްޖެކެވެ. ނަމަކީ ޖަވާދު އަލް ދަގަރު އެވެ. އެ ކުއްޖާ ދުނިޔެއާއި އަލްވަދާއު ކިޔާފައިވަނީ މިދިޔަ ހުކުރު ދުވަހު ސައުދީގެ ޤާތި...

14 May 2017 | 22:23

ފޮޓޯއިން އެ ފެންނަނީ ސައުދީއަށް ނިސްބަތްވާ އުމުރުން އެންމެ ތިން އަހަރުގެ ކުޑަކުއްޖެކެވެ. ނަމަކީ ޖަވާދު އަލް ދަގަރު އެވެ. އެ ކުއްޖާ ދުނިޔެއާއި އަލްވަދާއު ކިޔާފައިވަނީ މިދިޔަ ހުކުރު ދުވަހު ސައުދީގެ ޤާތިފްގެ ކުޑަ ވިލެޖެއް ކަމުގައިވާ އަލް އަވާމިޔާގައި ބަޔަކު ދިން ބަޑީގެ ހަމަލާއެއްގަ އެވެ.

އެ ހަމަލާ ދިންކަމަށްވަނީ އަލްއަވާމިޔާގެ ކޮންސްޓަރަކްޝަން ސައިޓަކަށް އަމާޒުކޮށް އެ ސައިޓްގައި ހިނގަމުންދިޔަ ކޮންސްޓްރަކްޝަންގެ މަސައްކަތް ހުއްޓުވާލުމަށްކަމުގައި ބެލެވެ އެވެ. ހަތިޔާރު އެޅި ބަޔަކު ދިން އެ ހަމަލާފައި އިތުރު މީހަކުވެސް ނިޔާވެފައި ވެ އެވެ. އެއީ ޕާކިސްތާނަށް ނިސްބަތްވާ މީހެކެވެ. އަދި ހަމަ އެ ހަމަލާފައި އިތުރު 10 މީހަކު ޒަހަމްވެފައި ވެ އެވެ. އޭގެ ތެރޭގައި އެކެއްގެ ހާލު ސީރިއަސް ވެފައިވާއިރު، ހާލު ސީރިއަސްވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ރައްޔިތެއްގެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކޮންސްޓަރަކްޝަން މަސައްކަތް ހިނގަމުންދިޔަ ސަރަހައްދަކީ ޓެރަރިސްޓުން އެމީހުންގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ގެތައް ހިމެނޭ ސަރަހައްދެކެވެ. ދުވަސްވެ ވީރާނާވެފައިވާ ގެތަކެއް ހިމެނޭ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ޓެރަރިސްޓުން އުޅޭ ކަމަށާއި އަދި އެ ސަރަހައްދު އަލުން އާރާސްތު ކުރުމުގެ ޕްރޮޖެކްޓަކީ ޓެރަރިސްޓުން އެ ސަރަހައްދުން ފައްސައިލުމަށް ކުރިއަށްގެންދެވޭ ޕްރޮޖެކްޓެއް ކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް