ކިތަންމެ ވަރަކަށް ކޮލެރާ ފެތުރުނަސް އެކަމަށް އިސްކަން ދެވޭކަށް ނެތް: ހޫތީން

ޔަމަނުގައި ހިނގަމުން އަންނަ ދާހިލީ ހަނގުރާމައާއި ގުޅިގެން އެގައުމުގައި ބާރު ސްޕީޑެއްގައި ކޮލެރާ ފެތުރެމުން އަންނައިރު ކޮލެރާޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމުގެ ބަދަލުގައި އިސްކަން ދެވޭނީ ހަނގުރާމައިގާ އ...

14 May 2017 | 22:05

ޔަމަނުގައި ހިނގަމުން އަންނަ ދާހިލީ ހަނގުރާމައާއި ގުޅިގެން އެގައުމުގައި ބާރު ސްޕީޑެއްގައި ކޮލެރާ ފެތުރެމުން އަންނައިރު ކޮލެރާޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމުގެ ބަދަލުގައި އިސްކަން ދެވޭނީ ހަނގުރާމައިގާ އަނިޔާވާ ފަރާތްތަކަށް ކަމުގައި ހޫތީން ބުނެފި އެވެ.

ހޫތީންނާއި ސާލިހުން އެކުވެ އެކުލަވާލާފައިވާ ސަރުކާރުގެ ހެލްތު މިނިސްޓްރީން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ ކޮލެރާއަށް ފަރުވާ ހޯދަން އަންނަ ފަރާތްތަކަށް ފަރުވާ ދެވޭނީ ހަނގުރާމައިގާ އަނިޔާ ލިބޭ ފަރާތްތަކަށް އިސްކަން ދިނުމަށްފަހުގައި ކަމަށެވެ. އަދި ފަރުވާ ދެވެން ނެތް ހާލަތެއްނަމަ އެ މީހަކު އަނބުރާ ފޮނުވާލާނީ ކަމަށެވެ،

ހެލްތު މިނިސްޓްރީން މިގޮތަށް އަމަލު ކުރަން ނިންމައި މިކަން އިއުލާނު ކޮށްފައިވާއިރު އާދީއްތަ ދުވަހު، ރެޑް ކްރޮސް އިން ބުނެފައިވަނީ ކޮލެރާގެ ސަބަބުން މަދު ދުވަސްކޮޅެއްގެ ތެރޭގައި 115 މީހަކު މަރުވެފައިވާއިރު 8500 އަށްވުރެ ގިނަ މީހުން ކޮލެރާއަށް ފަރުވާ ހޯދާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް