އެމްއެންޔޫގެ އޭޕްރީލް ދަސްވެނިވުން 28 އިން 30 އަށް

"ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން (އޭޕްރިލް 2024)" ބޭއްވުމަށް ނިންމައިފިއެވެ. އެ ޔުނިވަރސިޓީގެ މިފަހަރު ދަސްވެނިވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ސެޝަނަކަށް ބަހާލައިގެން، އެ ޔުނިވަ...

15 Apr 2024 | 10:55

"ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން (އޭޕްރިލް 2024)" ބޭއްވުމަށް ނިންމައިފިއެވެ.

އެ ޔުނިވަރސިޓީގެ މިފަހަރު ދަސްވެނިވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ސެޝަނަކަށް ބަހާލައިގެން، އެ ޔުނިވަރސިޓީގެ އޭ ބްލޮކް އޮޑިޓޯރިއަމްގައި ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 28 އޭޕްރިލް 2024 ން 30 އޭޕްރިލް 2024 އަށް ކަމަށާއި މި ފަހަރު 780 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވާކަމަށާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު 'ޓީވީ.އެމް' އިން ލައިވް ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ޔުނިވާސިޓީއިން ބުނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު

ހެނދުނު ދަންފަޅީގެ ރަސްމިއްޔާތު ފެށޭނެ ކަމަށް އެމްއެންޔޫއިން ބުނާ ގަޑިއަކީ ހެނދުނު 09:30 އެވެ.

ދަސްވެނިވާ ދަރިވަރުންނަށް ގައުން ހަވާލުކުރުން 23 އޭޕްރިލް 2024 ން 25 އޭޕްރިލް 2024 އާއި ހަމައަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކުރިއަށް ދާނެކަމަށްވެސް އެ ޔުނިވާސިޓީއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް