ހާމަވެގެން ދިޔައީ ގުރައިދޫ ދާއިރާ އޮތީ ސަރުކާރާއެކުކަން: ރައީސް ސޯލިހް

މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަންގެ ނަތީޖާއިން ހާމަވެގެންދިޔައީ ގުރައިދޫ ދާއިރާގެ ރައްޔިތުން ސަރުކާރާއެކު ތިބި ކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސ...

15 Apr 2023 | 18:54

މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަންގެ ނަތީޖާއިން ހާމަވެގެންދިޔައީ ގުރައިދޫ ދާއިރާގެ ރައްޔިތުން ސަރުކާރާއެކު ތިބި ކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން މިއަދު ކާމިޔާބު ކުރެއްވި އެމްޕީ އިލެކްޓް އިބްރާހިމް ޝާޒަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައެވެ.

"މި އިންތިހާބުން ހާމަވެގެން މި ދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ބައި އިލެކްޝަންގައި އެމްޑީޕީ، އެމްއެންޕީ އަދި ޕީޕީއެމްއިން ވާދަކުރިއެވެ.

ބައި އިލެކްޝަންގެ ވަގުތީ ނަތީޖާއަށް ބަލައިލާއިރު ޕީޕީއެމްގެ ކެނޑިޑޭޓް ހުސެއިން ރިޒާ އަށް ލިބިލެއްވީ 1226 ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒަށް 1346 ވޯޓު ލިބިލެއްވިއިރު އެމްއެންޕީގެ ކެނޑިޑޭޓް އަލީ އަރީފަށް ލިބިލެއްވީ 122 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް