ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނިޑޭޓް ޝާޒް ކާމިޔާބު ކުރައްވައިފި

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބުކުރައްވައިފިކަން ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. އެގޮތުން މިހާތަނަށް ފެނ...

15 Apr 2023 | 15:14

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބުކުރައްވައިފިކަން ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އެގޮތުން މިހާތަނަށް ފެންނަން ހުރި ނަތީޖާތަކަށް ބަލާއިރު އިދިކޮޅު ޕީޕީއެމް ކެނޑިޑޭޓް ހުސެއިން ރިޒާއާއި އެމްއެންޕީގެ ކެނޑިޑޭޓް އަލީ އާރިފަށްވުރެ ބޮޑުތަނުން ކުރީގައި އުޅެނީ ޝާޒެވެ.

ވަގުތީ ނަތީޖާތަކަށް ބަލާއިރު ޝާޒްއަށް ކުރި ލިބިފައިވާއިރު ސޯޝަލް މީޑިއާގައި މިހާރު ގިނަ ބަޔަކު އަންނަނީ ޝާޒް އަށް މަރުހަބާ ކިޔަމުންނެވެ.

އެމްޑީޕީއިން މި ގޮނޑި ކާމިޔާބުކޮށްފައިވާއިރު މި ގޮނޑިއަކީ ރިޔާސީ ނިޒާމު އައި ފަހުން އަބަދުވެސް ޕީޕީއެމްގެ ގޮނޑިއެއްގެ ގޮތުގައި އޮތް ގޮނޑިއެކެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ.

މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަންގެ ވޯޓު ދާއިރާގެ ތިން ރަށް ކަމުގައިވާ ކ. ގުޅި، ގުރައިދޫ އަދި މާފުށީގެ އިތުރުން މާލޭގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް