ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހަވީރު ފަހެއް ޖަހަންދެން ކުރިއަށްގެންދަން ނިންމައިފިއެވެ.
އިލެކްޝަންސް އިން ދެންމެ ބުނެފައިވަނީ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ދަތިވެފައިވާތީ ވޯޓުލުމުގެ ވަގުތު 05:00 އަށް އިތުރު ކުރެވިފައިވާކަމަށެވެ.
މި އިންތިހާބުގައި ފަސް ފޮށްޓަކަށް ވޯޓު ލާނެއެވެ. އެއީ މާލޭގައި އެއް ފޮށި، ގުރައިދޫގައި ދެ ފޮށި، މާފުށީގައި ދެ ފޮށި އަދި ގުޅީގައި ފޮއްޓެކެވެ. މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ހުރީ އިއްޒުއްދީން ސްކޫލްގައި އެވެ.
އިންތިހާބުގައި ވާދަ ކުރަނީ ޕީޕީއެމްއިން ހުސައިން ރިޒާ، އެމްޑީޕީން އިބްރާހިމް ޝާޒު އަދި އެމްއެންޕީން އަލީ އާރިފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް