ދުވަހުގެ ރެސިޕީ: ރިހަފޮޅި

ބޭނުންވާނެ ތަކެތި 2 ގަނޑު ވަލޯމަސް ( ކުދިކޮށް ކޮށާފައި) 2 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި) 2 ސައިސަމުސާ ލޮނުމެދު ( ގާނާފައިހުރި ) 4 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު 1 ދަޅު ޓޮމާޓޯ ޕޭސްޓް 2 ސައިސަމުސާ ޗިސ...

15 Apr 2023 | 10:29

ބޭނުންވާނެ ތަކެތި

  • 2 ގަނޑު ވަލޯމަސް ( ކުދިކޮށް ކޮށާފައި)
  • 2 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
  • 2 ސައިސަމުސާ ލޮނުމެދު ( ގާނާފައިހުރި )
  • 4 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު
  • 1 ދަޅު ޓޮމާޓޯ ޕޭސްޓް
  • 2 ސައިސަމުސާ ޗިސްކޮށްފައިހުރި އިނގުރު
  • 3 ހިކަނދިފަތް
  • 2 /1 ސައިސަމުސާ ރީނދޫ
  • 3 އިންޗި ރާނބާފަތް( 2 /1 އިންޗިއަށް ބުރިކޮށްފައިހުރި)
  • ލޮނުކޮޅެއް
  • 3 ޖޯޑު ފުށް
  • 2 ބިސް
  • 2 /1 ޖޯޑު ކާށި ބޯކިރު
  • ކުޑަލޮނުކޮޅެއް

ހައްދަވާނެގޮތް

ކިރާއި ފެން ބިސް އަދި ކުޑަކުޑަ ލޮނުކޮޅެއް އެއްކޮށްފައި ފުށްގަނދު އޮލަކޮށް ގިރާލާށެވެ. ( ސަމުސަލުން ތަވާޔަށް އަޅާލެވޭވަރަށް) ދެން އެހެން ތެއްޔެއް އުނދުންމައްޗަށް އުދާލާފައި ކުޑަތެޔޮ ފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ ކޮޅާއި ހިކަނދިފަތް މިރުސް އަދި ރާނބާފަތް އެއްކޮށް އަޅާލުމަށްފަހު ފިޔާކޮޅު މޯޅިވީމާ މަސްގަނޑަށް ބޭނުންވާހުރިހާބާވަތްތައް އެއްކޮށް އަޅާލާފައި ރޯފިލުމުން އުނދުންމަތިން ބާލާށެވެ. އެއަށްފަހު ތަވާއުނދުންމައްޗަށް އުދާލާފައި ހޫނުވީމާ ކުޑަ ތެޔޮ ފޮދެއް ތަވާގައި ހާކާފައި ތުނިކޮށް ކުދިކޮށް ފޮޅި އަޅާށެވެ. އެއްފަރާތް ފިހެވުނީމާ މަސްކޮޅެއް އަޅާފައި އޮޅާލާށެވެ. ފުށާއި މަސްހުސްވަންދެން ފޮޅިފިހެފައި މަސްލާފައި އޮޅަމުން ދާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް