މިހާރު ކުރިޔަށްދާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެއް ހާހަށްވުރެ ގިނަ މީހުން ވޯޓު ލައިފި އެވެ.
މި ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،423 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން އެންމެ އާބާދީ ބޮޑީ މާފުށީގައި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދުު އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މީގެ ގަޑިއިރެއްހާއިރު ކުރިން1،097 މީހުން ވަނީ ވޯޓު ލާފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ566 ފިރިހެނުންނާއި531 އަންހެނުންނެވެ.
އީސީން ބުނީ އެއީ ވޯޓުލުމުގެ ހައްގު ލިިބިގެންވާ މީހުންގެ68 ޕަސެންޓު ކަމަށެވެ.
މި އިންތިހާބުގައި ފަސް ފޮށްޓަކަށް ވޯޓު ލާނެ ކަމަށެވެ. އެއީ މާލޭގައި އެއް ފޮށި، ގުރައިދޫގައި ދެ ފޮށި، މާފުށީގައި ދެ ފޮށި އަދި ގުޅީގައި ފޮއްޓެކެވެ. މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ހުރީ އިއްޒުއްދީން ސްކޫލްގައި އެވެ.
ވޯޓުލުން ކުރިޔަށް ގެންދާނީ ހަވީރު4:00 އާއި ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ރޯދަ ވީއްލައިގެންނެވެ.
އިންތިހާބުގައި ވާދަ ކުރަނީ ޕީޕީއެމްއިން ހުސައިން ރިޒާ، އެމްޑީޕީން އިބްރާހިމް ޝާޒު އަދި އެމްއެންޕީން އަލީ އާރިފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް