1444 ވަނަ އަހަރުގެ އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހޯރަފުއްޓަށް

1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ އިނާމް ހއ. ހޯރަފުއ...

15 Apr 2023 | 07:41

1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ އިނާމް ހއ. ހޯރަފުއްޓަށް ލިބިއްޖެއެވެ.

މިކަން އިއުލާން ކުރީ ހުކުރު ދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބޭއްވި އަތޮޅު އިޙްޔާގެ އެންމެ ފަހު ފޯރަމްގައެވެ. އިޙްޔާ ފޯރަމް ބޭއްވި ހުރިހާ އަތޮޅެއްގެ ގުރުއަތުނެގުން މި ފޯރަމްގައި ކުރިއަށް ގެންދިޔައިރު 2 ވަނަ އަދި 3 ވަނަ ލިބުނީ ފުވައްމުލައް ސިޓީއަށެވެ.

އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1ވަނަ, 2 ވަނަ، އަދި 3 ވަނައަށް ހޮވުނު ފަރާތްތަކާއި ލިބުނު އިނާމު:

1 ވަނަ – AIF HOA 282

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދެއްވާ ޢުމްރާ ދަތުރު

2ވަނަ- AIF FVM 363

އުރީދޫން ސްޕޮންސަރ ކޮށްފައިވާ އައިފޯން 13

3ވަނަ- AIF FVM 768

ރެއިންބޯއިން ސްޕޮންސަރގެ ގޮތުގައި ދެއްވާ ސޯފާސެޓް

ގުރުއަތުން ހޮވުނު ފަރާތްތަކުން ނަންބަރުކޮޅުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ ވައިބަރ ކުރައްވާނީ 7910208 މި ނަންބަރަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް މެއިލް ކުރެއްވޭނެއެވެ.

އަދި އެހެން ބޭފުޅަކު ބަދަލުގައި ފޮނުވާނަމަ، ބަދަލުގައި ފޮނުވާ ބޭފުޅެއްގެ ސިޓީއަކާއި އައިޑީކާޑު ކޮޕީ އަދި ނަންބަރުކޮޅު ގެނައުމުން ވެރިފައި ކުރުމަށްފަހު އިނާމް ހަވާލު ކުރެވޭނެއެވެ.

މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަހުމަދު ޒާހިރު ޢަލީވަނީ މިފަދަ ފޯރަމްތަކެއް ކުރިއަށް ގެންދިޔުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާ ރަށްރަށުން ލިބުނު އެއްބާރުލުމަށްޓަކައި ކައުންސިލްތަކާއި އެކިއެކި މުއައްސަސާތަކާއި ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި މިނިސްޓްރީން މި ފޯރަމްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވި ހުރިހާ ފަރާތަކަށްވެސް ޝުކުރުއަދާކުރެއްވިއެވެ.

މިއަހަރު ޖުމްލަ 7 ރަށެއްގައި އަތޮޅު އިޙްޔާ ފޯރަމް ބާއްވާފައިވެއެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ހޯރަފުށި، ރ.ދުވާފަރު، ޅ. ނައިފަރު، އަދި ގދ. ތިނަދޫ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް