ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ދުވަހަށް މައުލޫމާތުދެމުން އެއާޕޯޓުން ބުނެފައިވަނީ އަލިފާނުގެ އެ ހާދިސާ ހިނގީ ކޮންސްޓްރަކްޝަން ސައިޓެއްގައި ކަމަށާއި މިހާރު ކޮންޓްރޯލު ކުރެވިފައިވާކަމަށެވެ.
"އެއާޕޯޓްގައި ގާއިމްވެތިބި ފަޔާ ޓީމުގެ އަވަސް ރެސްޕޯންސާއެކު މަދު ވަގުތުކޮޅެއްގައި ހާދިސާ ވަނީ ކޮންޓްރޯލް ކުރެވިފައި" އާޕޯޓްގެ މެނޭޖަރ، މީޑިއާ ކޮމިއުނިކޭޝަންސް، ޝަމްޢާން ޝާކިރު ވިދާޅުވިއެވެ.
އެއާޕޯޓުން އިތުރަށް ބުނެފައިވަނީ މި ހާދިސާއާއި ގުޅިގެން އެއާޕޯޓްގެ އޮޕަރޭޝަނަށް އެއްވެސް އަސަރެއްކޮށްފައިނުވާކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގީ އެއާޕޯޓްގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ގެންގުޅުނު، ތާރު އެޅުމުގައި ބޭނުންކުރާ ވެހިކަލެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް