ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިޔަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެ އެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމުންނެވެ. އޭނާ އަވަހ...

15 Apr 2023 | 04:46

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެ އެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމުންނެވެ. އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިޔަށްދާ އިންތިހާބުގައި ފަސް ފޮށްޓަކަށް ވޯޓު ލާނެ ކަމަށެވެ. އެއީ މާލޭގައި އެއް ފޮށި، ގުރައިދޫގައި ދެ ފޮށި، މާފުށީގައި ދެ ފޮށި އަދި ގުޅީގައި ފޮއްޓެކެވެ. މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ހުރީ އިއްޒުއްދީން ސްކޫލްގައި އެވެ.

ހުރިހާ ފޮށްޓެއްގައި ހެނދުނު 8:00 ގައި ވަނީ ވޯޓުލުން ފެށިފައި އެވެ. ވޯޓުލުން ހަވީރު 4:00 އާއި ހަމައަށް ކުރިޔަށް ދާނެ އެވެ.

މި ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،423 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން އެންމެ އާބާދީ ބޮޑީ މާފުށީގައި އެވެ.

އިންތިހާބުގައި ވާދަ ކުރަނީ ޕީޕީއެމްއިން ހުސައިން ރިޒާ، އެމްޑީޕީން އިބްރާހިމް ޝާޒު އަދި އެމްއެންޕީން އަލީ އާރިފެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގަައި މިއީ ރޯދަ މަހަށް ވާތީ ވޯޓު ގަުނަން ފަށާނީ ރޯދަ ވީއްލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް