ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކާމިޔާބުކަމާއެކު ދުވަސް ހަމަނުވާ ކުޑަ ކުއްޖެއް ވިއްސައި ފަރުވާކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި އުފަންވިއިރު ބަރުދަނުގައި ހަމައެކަނި 885 ގްރާމް ހުރި މި ތުއްތު ކުއްޖާ ވިހެއީ އެންމެ 26 ހަފްތާގެ ގޭސްޓޭޝަންގައެވެ. މި ތުއްތު ކުއްޖާ އަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކާމިޔާބުކަމާއިއެކު ހުރިހާ ފަރުވާއެއް ދެވި ދެ މަސް ދުވަހުގެ ތެރޭގައި ރަނގަޅު ސިއްހަތެއްގައި ގެއަށް ދޫކޮށްލެވިފައިވާ ކުއްޖެއް ކަމަށާއި އަދި މި ކޭސްއަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ފަރުވާދެވުނު މިފަދަ ފުރަތަމަ ކޭސް ކަމުގައި އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
"ޓްރީ ޓޮޕް ހޮސްޕިޓަލްގައި މީގެ ކުރިންވެސް ގިނަ އަދަދެއްގެ ދުވަސް ނުފުރާ ވިހާ ކުދިންނަށް ވަނީ ފަރުވާ ދީފައެވެ. ނަމަވެސް މި ކުއްޖާއަކީ ފުރާނައަށް ނުރައްކާތެރި ހާލަތެއްގައި، މަރުގެ ތުންފަތް މަތީގައި އުފަންވި ފުރަތަމަ ކުއްޖާއެވެ." އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ހޮސްޕިޓަލުގެ ނިއޮނަޓޮލޮޖީ ޑޮކްޓަރުންނާއި އަދި ޕީޑިއާޓްރިކްސް ޑޮކްޓަރުންނާއި އަދި އެން.އައި.ސީ.ޔޫ ނަރުހުންގެ މިންނެތް މަސައްކަތުންނާއި، ކުއްޖާގެ ބެލެނިވެރިންގެ ފުރިހިމަ އަޅާލުމާއި ލޯބިން ފުރިހަމަ ނަތީޖާއެއް ނެރެވި އިތުރު ބޮޑު ނުރައްކަލަކާއި ނުލައި ދަރިފުޅަށް ފަރުވާދެވުނުކަން ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ކުޑަ ދަރިފުޅުގެ މައިންބަފައިން ޓްރީ ޓޮޕް ހޮސްޕިޓަލުން ދެވުނު ފަރުވާ އާއި މެދު ވިދާޅުވެފައިވަނީ ދެވުނު ފަރުވާއައި މެދު އެ ފަރާތުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކެއަރ ޓީމް އިން ހުރިހާ ކަމެއް ވެސް ކުރަންޖެހޭނެ އެންމެ އެކަށޭނެ ގޮތައް ކޮށްދީފައިވާކަން ފާހަގަކުރާކަމަށެވެ. އަދި އެ ފަރާތްތަކުން މިކަމުގައި ކުރީ ވަރަށް އޮމާން ދަތުރެއް ކަމުގައިވެސް ބުނެފައިވެއެވެ.
"ބަރުދަނުގައި އެންމެ 1000ގ ވެސް ހަމަނުވާ މި ތުއްުތު ދަރިފުޅުވަނީ އުފަންވިތާ ދެމަސް ދުވަސް ތެރޭގައި ދޫކޮށްލެވިފައެވެ. މި ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވީ ބަލިވެއިންތާ އެންމެ 26 ހަފްތާ ތެރެގައެވެ. މިއީ ދަރިފުޅުގެ ފުރާނައަށް ވަރަށް ނުރައްކާވެ ދެންވެދާނެ ގޮތެއް ލަފާ ކޮށްލަންވެސް ވަރަށް އުނދަގޫ ސްޓޭޖްއެކެވެ. އެހެންކަމުން މި ތުއްތު ކުއްޖާ މިހުރިހާ ގޮންޖެހުމަކާއި ކުރިމަތިލައި އެން.އައި.ސީ.ޔޫ ޓީމް އާއި އެއްކޮށް އެއްވެސް ބޮޑު ކޮމްޕްލިކޭޝަން އެއް އަދި ޖިސްމާނީ ގެއްލުމަކާއި ނުލައި ގެއަށް ދޫކޮށްލެވިފައި ވުމަކީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މުޅި ކެއަރ ޓީމްއަށް އަދި މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ." ފަރުވާ ދެއްވި ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ސީނިއަރ ކޮންސަލްޓެންޓް ނިއުނަޓޮލޮޖިސްޓް ޑރ. އިންގްރިޑް ވިދާޅުވިއެވެ.
ދުވަސް ނުފުރާ ވިހެއުމަކީ މާބަނޑު މީހާގެ ބަނޑަށް 37 ހަފްތާ ވުމުގެ ކުރިން ވިހެއުމުގެ ވޭން އަޅައި ވިހެއުމެވެ. މިފަދަ ގޮތަކަށް ކުދިން އުފަންވުމަކީ އެކުދިންގެ ސިއްހަތަށް ވަރަށް ބޮޑެތި ނުރައްކާތައް ކުރާނެކަމެކެވެ. އެގޮތުން ދުވަސް ނުފުރާ ވިހެއުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މާބަނޑުއިރު އިންފެކްޝަން އުފެދުމާއި، މާބަނޑުވުމުގެ ކުރިން ހަކުރު ބަލި، ލޭ މައްޗަށް ދިއުން ،ކިޑްނީ ބަލިތައް އަދި އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް ބަލިވެއިނުން، އަދި ރަހިމުގެ އެކިއެކި މައްސަލަތައް ހުރުން ހިމެނެއެވެ. މީގެ އިތުރުން ސިނގަރެޓް ބުއިމާއި، މަސްތުވަތަކެތި ބޭނުންކުރުމާއި ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިޝަން ނުލިބުމަކީ ވެސް ދުވަސް ހަމަނުވެ ވިހެއުމަށް މެދުވެރިވާ ކަންތަކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނިއުނަޓޮލޮޖީ އަދި ޕީޑިއާޓްރިކްސް ޑިޕާރޓްމެންޓްއަކީ އެންމެ ރަނގަޅު ފެންވަރުގައި ކުޑަކުދިންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ސިއްޙީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވިފައިވާ ޑިޕާރޓްމެންޓެކެވެ. އެގޮތުން މި ޑިޕާރޓްމެންޓްއިން އެން.އައި.ސީ.ޔޫ އަށް ބޭނުންވާނެ ހުރިހާ އިކުއިޕްމެންޓްއެއް ފޯރުކޮށްދެވޭނެއެވެ. އެގޮތުން ވެންޓިލޭޓަރތަކާއި، އިންކިއުބޭޓާރ، އިންފިއުޝަން ޕަމްޕް އަދިވެސް ތަފާތު އިކުއިޕްމެންޓްތަކުން ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދުމަތްތަކާއި ފަރުވާ ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލްކަންލިބިފައިވެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ތަޖުރިބާކާރު ފުރިހަމައަށް ޓްރެއިން ވެފައިވާ ނިއުނަޓޮލޮޖިސްޓުންނާއި ޕީޑިއާޓްރިޝަނުންނަކީ އަލަށް އުފަންވާކުދިންނާއި، ދުވަސް ހަމަނުވެ އުފަންވާ ކުދިންނާއި އެކި އުމުރުގެ ކުދިންނަށް ފޯރުކޮށްދޭންޖެހޭނެ މުހިންމު ހުރިހާ ޙިދުމަތެއް ފޯރުކޮށްދެވޭނެ ގާބިލިއްޔަތު ލިބިވަޑައިގެންފައިވާ ޑޮކްޓަރުންނެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް 3351610 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރައްވާ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް