މި ރޯދަމަހާއި ދިމާކޮށް އަމިއްލަ މޯލްޑިވްސް ރިސޯޓް އެންޑް ރެސިޑެންސެސްގައި ފެށިގެން ކުރިއަށްދާ "އަމިއްލަ މޯލްޑިވްސް ނޭޝަން ފުޓްސަލް ކަޕް" ގެ ފައިނަލް މެޗު މާދަމާ ރެއަށް ތާވަލުކޮށްފިއެވެ.
މި މުބާރާތަކީ ކޮންމެ ރޯދަމަހަކާއި ދިމާކޮށް އެ ރިސޯޓުގެ މުވައްޒަފުންގެ މެދުގައި ކުރިއަށްގެންދާ ފުޓްސަލް މުބާރާތެކެވެ. މުބާރާތުގެ ފައިނަލް މެޗު ތާވަލްކޮށްފައިވަނީ މާދަމާ ރޭގެ 10:00 އަށެވެ.
ހަ ޓީމާއެކު މި މަހުގެ ފަސްވަނަ ދުވަހު ފެށި މި މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު ރޭގައި ކުޅެފައިވާއިރު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އާޖެންޓީނާ ޓީމާއި ނެދަލެންޑްސް ޓީމެވެ.
އާޖެންޓީނާ ޓީމް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި އިޓަލީ ޓީމާއި ބައްދަލުކޮށް ތިން ލަނޑު ދެ ލަނޑުން ކުރި ހޯދައިގެންނެވެ. ނެދަލެންޑްސް ޓީމް ފައިނަލަށް ދަތުރުކުރީ ބެލްޖިއަމް ޓީމާ ބައްދަލުކޮށް އެކެއް ސުމަކުން ކުރި ހޯދައިގެންނެވެ.
ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި މުބާރާތުގެ ޓޮޕް ސްކޯރާގެ އިތުރުން ބެސްޓް ފައިވް ޕްރޮމިސިންގ ޕްލޭޔާވެސް ހޮވާގޮތަށް ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްދަނީ ރިސޯޓް ސްޓާފް ޝޮޕް އޮޕަރޭޓަރ (ކޯޕަރޭޓް ކޮންސިއާޖް ސާވިސް ފޮރ ހޮޓެލްސް އެންޑް ރިސޯޓް) އަދި ސޯލިހް އާޓް އެންޑް ކްރާފްޓްގެ ސްޕޮންސަރޝިޕް އެހީއާއިއެކުގައެވެ.
އެގޮތުން ރިސޯޓް ސްޓާފް ޝޮޕް އޮޕަރޭޓަރ ގެ ފަރާތުން ޗެމްޕިއަން ޓީމަށް 6000 ރުފިޔާގެ ފައިސާގެ އިނާމު، ރަނަރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމު އަދި ޓީމްތަކަށް ބުއިން ހަމަޖައްސައިދެއެވެ. ސޯލިހް އާޓް އެންޑް ކްރާފްޓުން، މުބާރާތުގެ ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗަށް ލަކުޑިން ތައްޔާރުކޮށްފައިވާ ކްރާފްޓެޑް، ކުޑަ ދޯންޏެއް ދެ އެވެ. މުބާރާތް ކުރިއަށްގެންދަނީ ސަޓިފައިޑް ރެފްރީން ރަށުން ބޭރުން ގެންގޮސްގެންނެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ދުވަސް ނޫހެވެ. މުބާރާތުގެ ވީޑީއޯގްރާފަރަކީ ސަމީއުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް