ތިމާގެ އުފަންދުވަހާއި ގާތް ތިމާގެ އުފަންދުވަހާއި އެނިވާސަރީ ފަދަ ހާއްސަ ތާރީހުތައް ފާހަގަކޮށް ސެލެބްރޭޓް ކުރުމުގައި އެއްވެސް ގޯހެއް ނެތްކަމުގައި ސައޫދީ އަރަބިއްޔާގެ ކައުންސިލް އޮފް ސީނިއަރ ސްކޮލާސްގެ ކުރީގެ ސްކޮލާ ޑރ. ގައިސް ބިން މުހައްމަދު އަލް-ޝައިޚް މުބާރަކް ވިދާޅުވެއްޖެއެވެ.
އަލް މުބާރަކް މިހެން ވިދާޅުވެފައިވަނީ ސައޫދީ ގެޒެޓަށް ދެއްވާފައިވާ އިންޓަވިއުއެއްގައެވެ.
އެ އިންޓަވިއުގައި އަލް މުބާރަކު ވިދާޅުވެފައިވަނީ އުފަންދުވަސް ފާހަގަކުރުމާއި އެނިވާސަރީ ފާހަގަކުރުމެކޭ ދަރިން މޮޅަށް ކިޔަވައިގެން މޮޅު ނަތީޖާ ހޯދުމުން ނުވަތަ ޑިގްރީ ޑިޕްލޮމާ ހޯދައިގެން އުފާ ފާޅުކުރަން ފާހަގަކުރާ ފާހަގަކުރުންތަކާ އެއްފަދަ ކަމަށެވެ.
އޭނާ ވިދާޅުވެފައިވަނީ އުފަންދުވަސް ފާހަގަކުރުމާއި އެނިވާސަރީ ފާހަގަކުރުމަކީ އެއްވެސް ދީނަކާ ގުޅޭ ކަމެއް ނޫންކަމަށާއި މިކަންކަން ޤުރުޢާނުގައި އަދި ހަދީސްތަކުގައިވެސް ހަރާމް/މަނާ ކޮށްފައިނުވާކަމަށެވެ. އަލް މުބާރަކު ވިދާޅުވެފައިވަނީ ދީނަށް ކަމެއް އުނި އިތުރުކުރުމާވެސް މިކަމާ ގުޅުމެއް ނެތްކަމަށެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ދީނަށް ކަމެއް އުނި އިތުރު ކުރުމަކީ ބިދުއައެއް ކަމަށް ބުނާ ހަދީސާއި ގުޅުވައެވެ. އޭނާ ވިދާޅުވެފައިވަނީ އުފަންދުވަސް އަދި އެނިވާސަރީ ފާހަގަކުރުމަކީ ދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.
އަލް މުބާރަކް މިހެން ވިދާޅުވެފައިވާއިރު މުސްލިމް ބައެއް ގައުމުތަކުގައި އުފަންދުވަސް ފާހަގަކުރުމާއި އެނިވާސަރީ ފާހަގަކުރުމަކީ ހަރާމްކަމެއް ނުވަތަ ދީނުގައި މަނާކަމެއްގެ ގޮތުގައި ސިފަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް