މި ރޯދަމަހު މިހާތަަނަށް 43 ޓަނު ކަރާ، ބާޒާރަށް ނެރެވިއްޖެ: އެގްރޯނެޓް

މި ހިނގާ ރަމަޟާން މަހުގެ މިހައިތަނަށް އެގްރޯނެޓުން 43 ޓަނުގެ ކަރާ ބާޒާރަށް ނެރެފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން މިކަން ހާމަކުރެއްވީ އެ ކުންފުނީގެ ސީއ...

15 Apr 2022 | 10:40

މި ހިނގާ ރަމަޟާން މަހުގެ މިހައިތަނަށް އެގްރޯނެޓުން 43 ޓަނުގެ ކަރާ ބާޒާރަށް ނެރެފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން މިކަން ހާމަކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހާރޫން ރަޝީދު، ޕީއެސްއެމްެގެ ރާއްޖެ މިއަދު ޕްރޮގްރާމަށް ރޭ ދެއްވި އިންޓަވިއުއެއްގައެވެ.

އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މި ރަމަޟާން މަހަށް އެގްރޯނެޓުން ދުރާލާ ތައްޔާރުވެ ރާއްޖޭގެ 43 ދަނޑުވެރިއަކާއެކު ކަރާ ހެއްދުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަމަށެވެ.

އެގްރޯނެޓުން މި ރަމަޟާން މަހުގެ މިހައިތަނަށް 43 ޓަނުގެ ކަރާ ބާޒާރަށް ނެރެފައިވާއިރު މި ރަމަޟާން މަހު 117 ޓަނުގެ ކަރާ ބާޒާރަށް ނެރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ކުރިން ބުނެފައެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދަނޑުވެރިން އުފައްދާ ތަކެތި ބާޒާރަށް ނެރެ މާކެޓު ހޯދައި ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް