ރޯދަމަހަކީ ދުޅަހެޔޮ ދިރިއުޅުމެއް ފެށުމަށް ލިބޭ ފުރިހަމަ ފުރުސަތެއް

ރޯދައިގެ ސަބަބުން އިންސާނާގެ ޢާއްމު ޞިއްޙަތަށް ފައިދާތަކެއް ކުރާކަން އެއީ އާ ވާހަކައެއް ނޫނެވެ. ރޯދައަށް ހުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑު ގެއްލުން ދެނިވި ވިހަތަކުން ސަލާމަތްކޮށްދެއެވެ. އެހެންކަމ...

15 Apr 2022 | 08:55

ރޯދައިގެ ސަބަބުން އިންސާނާގެ ޢާއްމު ޞިއްޙަތަށް ފައިދާތަކެއް ކުރާކަން އެއީ އާ ވާހަކައެއް ނޫނެވެ. ރޯދައަށް ހުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑު ގެއްލުން ދެނިވި ވިހަތަކުން ސަލާމަތްކޮށްދެއެވެ. އެހެންކަމުން ރަމަޟާން މަހަކީ ދުޅަހެޔޮ ދިރިއުޅުމެއް ފެށުމަށް ލިބޭ ފުރިހަމަ ފުރުސަތެކެވެ.

ރޯދަ އަށް ހުރުމުގެ ސަބަބުން ލިބޭ ބައެއް ފައިދާ ތަކުގެ ތެރޭގައި:

ހަޖަމު ކުރާ ނިޒާމު ސާފު ކޮށް ވިހަތައް ބޭރު ކޮށްދޭ

ރޯދައަށް ހުރުމުގެ ދަތުރެއްގައި ހަށިގަނޑު މަސްދުވަސް ހޭދަކުރާއިރު، އޭގެ ސަބަބުން ހަށިގަނޑުގައި ޖަމާވެފައިވާ ވިހަ މާއްދާތައް ޠަބީޢީގޮތުން ވެސް ސާފުކޮށްދެއެވެ. ރޫޙީގޮތުން އިންސާނާ ޠާހިރުކޮށްދިނުމުގެ އިތުރުން، ރޯދައިގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމުގައި ހުންނަ ވިހަތައް ސާފުކޮށްދެއެވެ.

މުޅިދުވާލު ކެއުމާއި ބުއިމުން މަނާވެގެން ތިބުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށްޓަކައި ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ސަރުބީތައް އަންދަން ފަށައެވެ. އެއާއެކު ސަރުބީގައި ޖަމާވެފައި ހުންނަ ވިހަތައްވެސް އަންދާ ހުލިކޮށްލައެވެ.

ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ

ދިރާސާތަކުން ހާމަވާގޮތުގައި ވަކި މުއްދަތަކަށް ކެއުމާއި ބުއިމުން މަނާވެގަތުމުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެއެވެ. އޭގެ ސަބަބުން ހިތާއި ލޭހޮޅިތަކުގެ ޞިއްޙަތު ރަނަގަޅުވެއެވެ. ނަތީޖާއަކީ ހިތުގެ ބަލިތަކާއި ހާޓްއެޓޭކްއާއި ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަވެގެން ދިއުމެވެ.

.ކޮލެސްޓްރޯލަކީ ވަކި ހަމައެއްގައި ބެހެއްޓުން ބޭނުންތެރި މާއްދާއަކަސްް ކެއުން ބުއިމުގެ ރަނގަޅު އާދަތަކެއް ހިފަހއްޓައިފިނަމަ ކޮލެސްޓްރޯލް ދައްވެގެން ޞިއްޙީ މައްސަލައެއް ކުރިމައްޗެއް ނުވާނެއެވެ.

ހައިހޫނުކަން ކޮންޓްރޯލް ކުރުމާއި ބަރުދަން ލުއިކޮށްދޭ

ރަމަޟާން މަހު ބޭނުންކުރެވޭ ކާނާގެ މިންވަރު މަދުކުރެވޭ މަހަކަށް ވެއްޖެނަމަ މައިދާއަށާއި ހަޖަމުކުރުމުގެ ނިޒާމުގެ އެހެން ގުނަވަންތަކަށް ކުރުގެޅިލުމަށް ފުރުޞަތު ލިބެއެވެ. މީގެ ސަބަބުން ސީދާގޮތެއްގައި ކާހިތްވުން ކުޑަކޮށްދެއެވެ. ނަތީޖާއަކީ ވަރަށް ގިނަފަހަރަށް ބަރުދަން ލުއިވުމެވެ.

ކާނާ ބޭނުންކުރުން

މުޅި ދުވާލު ރޯދައަށް ހުރުމުގެ ސަބަބުން މެޓަބޮލިޒަމް ނުވަތަ ކާނާ އެންދުމުގެ މަސައްކަތް ހަލުއިވެގެން ދެއެވެ. ރޯދަ ހިފުމާއި ރޭގަނޑުގެ ފަހުގެ ވަގުތެއްގައި ކެއުމާ، މިދެކަންތައް އެކުއެކުގައި ޙާޞިލްވުމުގެ ސަބަބުން (adiponectin) ކިޔާ ހޯމޯން ހަށިގަނޑުގައި އުފައްދާ މިންވަރު މަތިވެއެވެ. ޖާދޫއެއްފަދަ މި ހޯމޯންއަކީ ހަށިގަނޑުގައި ސަރުބިއާއި ހަކުރު ބޭނުންކުރާގޮތް ތަންޒީމުކޮށްދޭ ހޯމޯނެކެވެ.

މީގެ އަނެއް ފައިދާއަކީ ލޭހޮޅިތަކުގައި ޖަމާވަމުންދާ ކޮލެސްޓްރޯލް މަދުކުރުމެވެ. ހަމަ އެއާއެކު ހަށިގަނޑުގެ މަސަލްތައް ކާނާ ބޭނުންކުރާ މިންވަރު އިތުރުވެގެން ދިއުމާއި ހަށިގަނޑުގެ ތަފާތު ބައިތަކަށް ބޭނުންވާ ކާނާ ލިބިގެން ދިއުމެވެ.

ހަކުރުގެ ލެވެލް ޞިއްޙީ މިންގަނޑެއްގައި ހުރުން

ކާނާ ބޭނުންކުރުން މަދުވުމުގެ ސަބަބުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަޑަށް ބޭނުންވާ ހަކަތަ ހޯދުމަށްޓަކައި ކުރިންސުރެ ޖަމާވެފައި ހުންނަ ގުލްކޯޒް ބޭނުންކުރަން މަޖްބޫރުކުރެއެވެ. މިއީ ހަށިގަނޑު ޠަބީޢީގޮތުން ތަންޒީމުވާން އެހީތެރިވެދޭ ކަމެކެވެ.

ރޯދައަށް ހުންނައިރު، ހަށިގަނޑު ބޮޑަށް ހޭނޭނީ ކާބޯހައިޑްރޭޓްސް ބޭނުންކުރުމަށްވުރެ ކުރިންސުރެ ޖަމާވެފައި ހުންނަ ސަރުބި އަންދައިގެން ބޭނުންވާ ހަކަތަ ހޯދާށެވެ.

މީގެ ސަބަބުން އިންސުލިން އުފައްދާ މިންވަރު ދަށްކުރާނެއެވެ. ރޯދައިގެ ސަބަބުން ހަށިގަނޑު އިންސުލިންނަށް ސެންސިޓިވްވާ މިންވަރުވެސް މަތިވާނެއެވެ. މިކަމުގެ ނަތީޖާއަކީ ލޭގައި އެކުލެވޭ ހަކުރު ރައްކާތެރި ލެވެލެކަށް ގެންދިއުމެވެ.

އަދި މިއީ ނާވަރސް ބްރޭކްޑައުން އަކަށް ދިއުމުގެ ފުރުޞަތު ކުޑަކުރާކަމެކެވެ.

ނަމަވެސް އިންސުލިންނާއި ހަކުރުގެ މައްސަލަތައް ހުންނަ މީހުން ރޯދަހިފާއިރު ޑޮކްޓަރުންގެ މަޝްވަރާ ބޭނުންވާނެއެވެ.

ނަފްސާނީ ޞިއްޙަތު

ރޯދައިގެ ސަބަބުން ސިކުނޑީގެ މަސައްކަތް ރަނގަޅުވެއެވެ. މީހާގެ މިޒާޖު ރަނގަޅުވުމާއި ހަނދާން ހުރުން އިތުރަށް ރަނގަޅުވުން ހިމެނެއެވެ. އެމެރިކާގެ ސައެންސްވެރިންގެ ޖަމާޢަތަކުން ކުރި ދިރާސާތަކަކުން ހާމަވާގޮތުގައި، މަސްދުވަހު ރޯދައަށް ހުރުމުގެ ސަބަބުން ވަކިކަމަކަށް ފޯކަސްކުރުން އިތުރުވެގެން ދެއެވެ.

މިހެންވަނީ ސިކުޑީގެ ނާރު ތަކަށް އެދުވަސްވަރު ކާނާލިބޭ ގޮތަކުންނެވެ. މީގެ ސަބަބުން ސިކުނޑީގެ ސެލްތައް އިތުރުވެގެން ދެއެވެ. މިއީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކުރާ ސަބަބެކެވެ. ވިސްނުން ސާފުވުމާއި ސްޓްރެސް މަދުވުމަކީ މީގެ ސަބަބެކެވެ.

ރޯދައިގެ ސަބަބުން ފާހަގަކުރެވޭ މިންވަރަކަށް ކޯޓިޒޯލް ކިޔާ ހޯމޯނެއް އުފައްދާ މިންވަރު މަދުކުރެއެވެ. މިއީ އޭގެ ޒާތުގައި ރަނގަޅުކަމެކެވެ.

މީގެ އިތުރުން މިމަހުގެ ތެރޭގައި ގެންގުޅޭ ކެއިންބުއިމުގެ އާ އާދައިގެ ސަބަބުން ކިޔާ (Endorphins) މާއްދާއެއް ލޭގެ ތެރޭގައި އިތުރުވެގެން ދެއެވެ. މީގެ ސަބަބުން ހޭލުންތެރިކަން އިތުރުވެ އުފާވެރިކަން އިޙްސާސް ކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް