ދުނިޔޭގެ އެންމެ ދިގު އާއިލާގެ ރެކޯޑު އެމެރިކާގެ އާއިލާއަކަށް

ދުނިޔޭގެ އެންމެ ދިގު އާއިލާ އަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މައިނެސޯޓާގެ އާއިލާއެއް ކަމަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން ކަނޑައަޅައިފި އެވެ. އެ އާއިލާގެ މެންބަރުންގެ ހުރިހާ އެންމެން ހަ ފޫޓަށް...

15 Apr 2022 | 06:26

ދުނިޔޭގެ އެންމެ ދިގު އާއިލާ އަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މައިނެސޯޓާގެ އާއިލާއެއް ކަމަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން ކަނޑައަޅައިފި އެވެ.

އެ އާއިލާގެ މެންބަރުންގެ ހުރިހާ އެންމެން ހަ ފޫޓަށްވުރެ ދިގެވެ. މީގެ ކުރިންވެސް އެމީހުންނަކީ ދުނިޔޭގެ އެންމެ ދިގު މީހުން ތިބި އާއިލާގެ ގޮތުގައި ފާހަގަ ކުރި ނަމަވެސް ރަސްމީކޮށް އެ ލަގަބު އަރުވާފައެއް ނުވެ އެވެ.

ދުނިޔޭގެ އެންމެ ދިގު އާއިލާއަށް ރަސްމީކޮށް އެ ލަގަބު ދީފައިވަނީ އޯތޮޕެޑިކްސް ޑޮކްޓަރަކު ދުވާލަކު ތިން ފަހަރު އެމީހުންގެ އިސްކޮޅުން މިންނެގުމަށް ފަހުއެވެ.

މި އާއިލާގައި އެންމެ ދިގީ ހަގު ފިރިހެން ދަރިފުޅުގެ އެވެ. އޭނާގެ ދިގުމިނުގައި ހަތް ފޫޓު ތިން އިންޗި ހުންނަ އިރު ބައްޕަ އާއި އުމުރުން 27 އަހަރުގެ އަންހެން ދަރިފުޅުގެ އިސްކޮޅުގައި ހަ ފޫޓު އަށް އިންޗި ހުރެ އެވެ.

ދެވަނަ އަންހެން ދަރިފުޅުގެ ހުންނަނީ ހަ ފޫޓު ހަ އިންޗި ހުރެ އެވެ. އާއިލާގައި އެންމެ ކުރު މަންމަގެ އިސްކޮޅުގައި ހުންނަނީ ހަ ފޫޓު ތިން އިންޗި އެޗެ.

އެ އައިލާގެ ތިން ކުދިންނަކީ ކޮލެޖުގައި ކުޅިވަރުތަކުގައި އެމީހުންގެ އިސްކޮޅު ބޭނުންކޮށްގެން މުހިންމު ދައުރެއް އަދާ ކުރާ ބައެކެވެ. އެ ތިން ކުދިން ކުޅެނީ ބާސްކެޓު ބޯޅަ އާއި ވޮލީ ބޯޅަ އެވެ.

އެ އާއިލާއިން ބުނީ އާދަޔާ ހިލާފަށް ދިގުވުމުން އަބަދުވެސް ފަހުރުވެރިވާ ކަމަށާއި މިހާރު ދުނިޔޭގެ ރެކޯޑު ލިބުމުން އަދި މާ ފަހުރުވެރިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް