ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާއްސަ ރަސްމިއްޔާތެއް ކުރިޔަށް ގެންގޮސްފި އެވެ.
އޭސީސީން ދުވަހި ބަހުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތި ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ މެންބަރު މުޙައްމަދު ނަޝީދުއެވެ. މި ރަސްމިއްޔާތުގައި ނަޝީދު ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހުގެ އެކެޑެމީން މިވަގުތު ކުރިއަށް ގެންދަވާ މުހިންމު މަސައްކަތްތަކާ ބެހޭގޮތުންނާއި، ދިވެހިންގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގައި ބަސް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި އޭސީސީގެ ރައީސް ޙަސަން ލުޠުފީގެ ވާހަކަފުޅުގައި ވަނީ ދިވެހި ބަހުގެ މުހިއްމުކަމާއި ދިވެހިބަހުގައި ބޭނުންކުރާ އަކުރުތަކުގެ ތާރީޚާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައި އެވެ.
މި ރަސްމިއްޔާތު ކޮމިޝަންގެ ފަރާތުންވަނީ ދިވެހިބަހުގެ އެކެޑެމީން ބޭއްވި އަތު ލިއުމުގެ މުބާރާތުގައި އޭސީސީގެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދީފައެވެ. އަދި މި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން ދިވެހިބަހުގެ އެކެޑެމީގެ މެމްބަރު މުޙައްމަދު ނަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް