އައިޖީއެމްއެޗުން ހަދާ ޓެސްޓުތަކުގެ ނަތީޖާ އީމެއިލް ކޮށްދޭން ފަށައިފި

އައިޖީއެމްއެޗުގެ ލެބޯރަޓަރީން ހަދާ ޓެސްޓުތަކުގެ ނަތީޖާ ރިޕޯޓްތައް އީމެއިލް މެދުވެރިކޮށް ދޫކުރަން ފަށައިފި އެވެ. އެ ހޮސްޕިޓަލުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އީމެއިލް މެދުވެރިކޮށް ޓެސްޓުތަކުގެ ...

15 Apr 2017 | 10:08

އައިޖީއެމްއެޗުގެ ލެބޯރަޓަރީން ހަދާ ޓެސްޓުތަކުގެ ނަތީޖާ ރިޕޯޓްތައް އީމެއިލް މެދުވެރިކޮށް ދޫކުރަން ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އީމެއިލް މެދުވެރިކޮށް ޓެސްޓުތަކުގެ ނަތީޖާ ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި އެހިދުމަތް ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލަށް ގޮސް ރެޖިސްޓްރީވާން އައިޖީއެމްއެޗުން ވަނީ އެދިފައި އެވެ.

އީމެއިލް މެދުވެރިކޮށް ޓެސްޓުތަކުގެ ނަތީޖާ ދޫކުރަން ފެށިނަމަވެސް އެސްއެމްއެސް މެދުވެރިކޮށް ދެމުންދާ ހިދުމަތް ކުރިޔަށް ދާނެ ކަމަށެވެ. އައިޖީއެމްއެޗުން ދަނީ ޓެސްގެ ނަތީޖާ ނިމިފައިވާކަން އަންގައިދިނުމަށް އެފަރާތަކަށް އެސްއެމްއެސް އަކުން އަންގަމުންނެވެ.

މި ހިދުމަތަކީ އައިޖީއެމްއެޗުގެ 22 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދޭން ފެށި ހިދުމަތެކެވެ. އެ ހޮސްޕިޓަލުން ބުނީ އަހަރީ ދުވަހާއި ދިމާކޮށް އިތުރު ހިދުމަތްތަކެއް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް