ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ޑިޕްރެޝަނާ ބެހޭ ވޯކްޝޮޕެއް ބާއްވައިފި

ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޑިޕްރެޝަނާ ބެހޭ ވޯކްޝޮޕެއް ބާއްވައިފި އެވެ. މަތީ ސާނަވީ ގްރޭޑުތަކުގައި ކިޔަވާ 20 ދަރިވަރުންނާއި ސްކޫލް ހެލްތް އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރާ 20 މީހަކު...

15 Apr 2017 | 09:54

ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޑިޕްރެޝަނާ ބެހޭ ވޯކްޝޮޕެއް ބާއްވައިފި އެވެ.

މަތީ ސާނަވީ ގްރޭޑުތަކުގައި ކިޔަވާ 20 ދަރިވަރުންނާއި ސްކޫލް ހެލްތް އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރާ 20 މީހަކު ވޯކްޝޮޕްގައި ބައިވެރިވި އެވެ.

މި ވޯކްޝޮޕުގައި ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކައި، އެކަންތައްތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މައުލޫމާތު ދޭނެއެވެ.

މި ވޯކްޝޮޕު ކުރިޔަށް ގެންދަނީ ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އާއި ޑަބްލިއުއެޗްއޯ އަދި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝި) އިން އިންތިޒާމްކޮށްގެންނެވެ. މައުލޫމާތު ދެއްވާނީ އެ ތަްތަނުގެ ތަޖުރީބާކާރުން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.

މި ވޯކްޝޮޕަކީ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް