އެމެރިޔާގެ ސިޓީއެއް ކަމުގައިވާ ކެލިފޯނިއާގައި މުސްލިމް އަންހެން ކަނބަލުން އިސްނަގައިނެގެން މިސްކިތެއް ބިނާކޮށް އެ މިސްކިތް ހުޅުވައިފި އެވެ. މި މިސްކިތް ހުޅުވާފައިވަނީ އިއްޔެ އެވެ.
މި މިސްކިތަކީ އެމެރިކާގެ މުސްލިމް އަންހެން ކަނބަލުންގެ މަސައްކަތުން ހުޅުވި ދެވަނަ މިސްކިތެވެ. މީގެ ދެ އަހަރު ކުރިން ލޮޖް އެންޖެލިސްގައިވެސް މުސްލިމް ކަނބަލުން އިސްނަގައިގެން މިސްކިތެއް ހުޅުވާފައި ވެ އެވެ. ނަމަވެސް އެއީ ހަމައެކަނި އަންހެނުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ. އިއްޔެ ކެލިފޯނިއާގައި ހުޅުވި މިސްކިތަކީ އަންހެން އަދި ފިރިހެނުންނަށްވެސް ވަކިން ނަމާދު ކުރެވޭގޮތަށް ބިނާކޮށްފައިވާ މިސްކިތެކެވެ.
މި ދެ މިސްކިތްވެސް ބިނާކޮށްފައިވަނީ މުސްލިމް އަންހެނުންގެ މައްޗަށް އެކުލެވޭ ޖަމިއްޔާ އަކުންނެވެ. އެމީހުން ބުނެފައިވަނީ އެމެރިކާގައި އިތުރު މިސްކިތްތަކެއް ބިނާ ކުރުމުގަކީ އެ ޖަމިއްޔާގެ އެއްމެ އިސް އެއް މަގްސަދު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް