އާންމުކޮށް ކޮންމެ އަހަރެއްގެ މާޗް އަދި އެޕްރިލް އަކީ އާދަޔާ ހިލާފަށް ހޫނު ދެ މަހެވެ.
ހޫނު ގަދަކަމުން ބައެއް ޗެއްޗެހި ކާން ފޫހިވެގެން ބައެއް މީހުން އުޅޭއިރު ސިއްހީ ދާއިރާގެ ތަޖުރިބާ ކާރުން ބުނާގޮތުގައި ބިހަކީ ހޫނު ގަދަ މޫސުމުގައި ކެއުން އެހާ ރަނގަޅު އެއްޗެއް ނޫނެވެ. ބިހަކީ އެކަށްޗަކުން ހަށިގަނޑަށް އެންމެ ގިނަ ފައިދާ ކުރުވާ އެއްޗެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ބިހުގެ ހުދުބައިގަ އެކަނިވެސް ގިނަ އަދަކަށް ޕްރޮޓީން ހިމެނެ އެވެ. އަދި ރީނދޫ ބައިގެ 90 ޕަސެންޓުގައި ކެލްސިއަމް އާއި ދަގަނޑުގެ ބައި ހިމެނެ އެވެ.
ބިހުގައި ހިމެނޭ ވިޓަމިން އޭ އަދި ޑީ އިން ކަށިތައް ވަރުގަދަ ކޮށްދެ އެވެ. ދަގަނދުގެ ބައިން ހަށިގަނޑަށް ބޭނުންވާ ރަތް ސެލް އިތުރުކޮށްދޭ އެވެ.
އެކަމަކު ބިހަކީ މިހާ ހޫނު ދުވަސްވަރެއްގައި ކެއުން ހަމަ އެއް ގޮތަކަށްވެސް ރަނގަޅު އެއްޗެއް ނޫން ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ. ބައެއް މީހުންނަކީ ކެއުމުގެ ކޮންމެ ވަގުތަކު ބިސްގަނޑެއް ނުވަތަ ބިހެއް ފެނު ކައްކައިގެން ކާ މީހުންނެވެ.
ބިހުގައި އެކުލެވޭ ވިޓަމިންސް އާއި މިނަރަލްސް އަދި ދަގަނޑުގެ ބައިގެ ސަބަބުން ހަށިގަނޑަށް މާބޮޑަށް ހަކަތަ ލިބުމަކީ ހޫނުގަދަ ދުވަސް ވަރެއްގައި އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކުރާނެ ކަމެކެވެ. މާ ގިނައިން ބިސް ކެއުމުން ހަށިގަނޑުގެ ފިނިހޫނުމިން މާބޮޑަށް މައްޗަށްދެ އެވެ.
އަދި އޭގެ ސަބަބުން ހަޖަމް ކުރަން އުނގަދޫވާ ގޮތްވެ، ބަނޑަށް އުނދަގޫވެފައި ހުންނަ ގޮތްވެ އެވެ. އެކަމަކު އިތުރު ކާއެއްސާއި އެއްކޮށް ބިސް ކާނަމަ އަސަރު ކުރާވަރު ކުޑަވާނެ އެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި ހޫނު މޫސުމުގައި ކާންވާނީ ދުވާލަކު ގިނަވެގެން އެކެއް ނުވަތަ ދެ ބިހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް