އަފްޤާނިސްތާން (އޭޕްރީލް 15) - އެމެރިކާއިން އަފްޤާނިސްތާންގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާޢަތުގެ ހަނގުރާމަވެރިންނަށް ދިން ވަރުގަދަ ބޮމުގެ ހަމަލާގައި އެ ޖަމާޢަތުގެ 90 ހަނގުރާމަވެރިއަކު މަރުވެއްޖެއެވެ.
ހުރިހާ ބޮންތަކެއްގެ މަންމަ (މޮބް)ގެ ނަމުން ޢާންމުވެފައިވާ މި ބޮން ވައިގެމަގުން އަފްޤާނިސްތާނުގެ ނަގަރް ޕްރޮވިންސްގެ އާޗިން ޑިސްޓްރިކްޓަށް ވައްޓާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހަވީރުގެ ވަގުތެއްގައި ދިން މި ހަމަލާގައި ހަނގުރާމެވެރިން ބޭނުން ކުރަމުންއާއި ޓަނަލްތަކާއި ބައެއް ހޮހަޅަތައްވަނީ ސުންނާފަތިވެފައެވެ. މިއީ މިފަދަ ބޮޑު ބޮމެއް ބޭނުންކުރި ފުރަތަމަ ފަހަރުއެވެ.
އައިއެސް ޖަމާޢަތުން މި ހަމަލާގައި އެ ޖަމާޢަތައް އެއްވެސް ގެއްލުމެއް ނުލިބޭކަމަށް ކުރިންވަނީ ބުނެފައެވެ.
މަރުވި މީހުންގެ އަދަދު ބީބީސީއަށް ޔަޤީންކޮށްދެމުން ނަގަރް ޕްރޮވިންސްގެ ގަވަނަރު އިސްމާއިލް ޝިންވަރީ ބުނީ މި ހަމަލާގައި ޢާންމުގެ އެއްވެސް މީހަކު މަރުވެފައި ނުވާކަމަށެވެ. އޭނާ ބުނީ އަފްޤާނިސްތާނުގެ ދިފާޢީ ބާރާއި ގުޅިގެން އެމެރިކާއިން އައިއެސް ޖަމާޢަތާއި ދެކޮޅަށް އޮޕަރޭޝަނެއް ފެއްޓީ ދެ ހަފްތާ ކުރިން ކަމަށެވެ.
އަފްޤާނިސްތާންގެ ޗީފް އޮފް އެގްޒެކެޓީވް އަބްދުﷲ އަބްދުﷲ، ބުނީ މި ހަމަލާދީފައި ވަނީ ޢާންމުންނަށް ހާނިކަނުވާނެ ގޮތައްބަލާއި އަފްޤާނިސްތާނުގެ ސަރުކާރާއެކު މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އެހެންނަމަވެސް ބީބީސީއަށް މަޢުލޫމާތުދިން ޢާންމުންގެ މީހަކުވަނީ އެ ހަމަލާގައި އެނާގެ ގެ އެއްކޮން ސުންނާފަތި ވެގެންދިޔަކަމަށް ބުނެފައެވެ.
ދާދިފަހުން އެމެރިކާ އަދި އަފްޤާނިސްތާނުގެ ސަރުކާރުން ގުޅިގެން އަންނަނީ އައިއެސް ޖަމާޢަތާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގަމުންނެވެ. މިއީ އެ އޮޕަރޭޝަންގެ ދަށުން ދެވުނު ފުރަތަމަ ހަމަލާއެވެ.
(ބީބީސީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް