ގައިދީއެއްގެ ގަޔަށް ހޫނު ފެން ޖެހި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެއްގެ ގަޔަށް ހޫނު ފެންޖެހި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. މިހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އެ ގައިދީ ގަޔ...

15 Apr 2017 | 06:54

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެއްގެ ގަޔަށް ހޫނު ފެންޖެހި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އެ ގައިދީ ގަޔަށް ހޫނު ފެން ޖަހާފައިވަނީ އޭނާއާއި އެއް ގޮޅިއަށް އިން ގައިދިއެއް ކަމަށް ވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުންދަނީ މާފުށީ ޕޮލިސް ސްޓޭޝަނުން ކަމަށެވެ. އަދި އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.

ހޫނު ފެން ޖެހުހުމުގެ ސަބަބުން ގައިދީގެ މެއާއި ބުރަކަށީގެ އިތުރުން މޫނު ވަނީ ފިހިފައި އެވެ. އަދި ވާތް ފަރާތު ކަންފަތަށް އަޑު ނީވޭއިރު ވާތް ފަރާތު ލޮލަށް ނުފެންނަ ކަމަށް ގައިދީ އާއި ހަވާލާ ދީ އާއިލާ މެންބަރަކު ދުވަހަށް މައުލޫމާތު ދެމުން ބުންޏެވެ.

އާއިލާއިން ބުނީ މުޅި ގައިގެ 45 ޕަސެންޓު ފިހިފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން ކަރެކްޝްންސއިން އަދި ރަސްމީކޮށް އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް