ޕްރޮޓީން ޝޭކް ފުށް ޕެކެޓެއްގެ ތެރެއިން މަރުވެފައި އޮތް މީދަލެއް ފެނިއްޖެ

މެންޗެސްޓާގެ ރައްޔިތަކު ގަތް ޕްރޮޓީން ޝޭކް ފުށް ޕެކެޓެއްގެ ތެރެއިން މަރުވެފައި އޮތް މީދަލެއް ފެނިއްޖެ އެވެ. އުމުރުން 25 އަހަރުގެ އެޑަމް ބްރެންޓޮން ބުނެފައިވަނީ އެމީދާ އެ ފުޅީގައި އޮތްކަން އެނގުނީ ޕްރޮ...

15 Apr 2017 | 06:49

މެންޗެސްޓާގެ ރައްޔިތަކު ގަތް ޕްރޮޓީން ޝޭކް ފުށް ޕެކެޓެއްގެ ތެރެއިން މަރުވެފައި އޮތް މީދަލެއް ފެނިއްޖެ އެވެ.

އުމުރުން 25 އަހަރުގެ އެޑަމް ބްރެންޓޮން ބުނެފައިވަނީ އެމީދާ އެ ފުޅީގައި އޮތްކަން އެނގުނީ ޕްރޮޓީން ޝޭކް ގިރައިގެން ބޯތާ ތިން ހަފްތާ ފަހުން ކަމަށެވެ. އޭގެ ފަހުން އޭނާއަށް އެއްގޮތަށް ވެސް ނުކެވޭ ކަމަށާއި ހާއްސަކޮށް ރޭގަނޑު ކާގަޑީގައި އެ މީދާ މަތިން ހަނދާން ވާ ކަމަށެވެ.

އެޑަމް ވަނީ އޭނާއަށް އެކަމުގެ ސަބަބުން އެއްވެސް ސިއްހީ މައްސަައެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކާފައި އެވެ. ޑޮކްޓަރު ވަނީ އޭނާގެ ހަށިގަނޑަށް އެ ޕްރޮޓީން ޝޭކް ބޮއެގެން އެއްވެސް ގެއްލުމެއް ނުވާ ކަމަށް ބުނެފައި އެވެ.

މީދާ ފެނުމާއެކު އެ ފުޅިގައި އެއްވެސް ކަހަލަ ދަތްއެޅުމުގެ ނިޝާނެއް ހުރިތޯވެސް އޭނާ ވަނީ ބަލާފަ އެވެ. އެކަމަކު އެއްވެސް ކަހަލަ ނިޝާނެއް ފެނިފައެއް ނުވެ އެވެ.

އެހެންވެ އެޑަމް ގަބޫލު ކުރީ އެ ފުޅި ބަންދު ކުރުމުގެ ތެރޭގައި އެ މީދާ އޭގެ ތެރެއަށް ފާއިބައި ބޭރަށް ނުނުކުމެވުމުގެ ސަބަބުން މަރުވީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް