އެޑް ޝީރެންގެ ލަވަތައް 13 ހަފްތާ ވަންދެން ސިންގަލް ޗާޓުގެ އެއްވަނާގައި ފިޔަޖަހަމުން ދަނިކޮށް ހޭރީ ސްޓައިލް އެކަނި ކިޔާފަ އިން ފުރަތަމަ ލަވައިން އެ ޗާޓުގެ އެއްވަނަ ހޯދައިފި އެވެ.
ހޭރީގެ މި ލަވައިގެ 3000 ކޮޕީ މިހާތަނަށް ވަނީ ވިއްކާފަ އެވެ. މީގެ އިތުރުން 40000 މީހުން މިލަވަ ޑައުންލޯޑް ކޮށްފައިވާއިރު 3.5 މިލިއަން މީހުން ވަނީ ވަގުތުން އެ ލަވަ ސްޓްރީމްކޮށްފަ އެވެ.
ވަން ޑިރެކްޝަން އިން މަޝްހޫރުވި ހޭރީ އަކީ މި ޗާރޓުގެ އެއްވަނަ ހޯދި ވަން ޑިރެކްޝަންހެ ދެވަނަ މެމްބަރެވެ. އެ ގްރޫޕުގެ ކުރީގެ މެމްބަރު ޒައިން މަލިކު ވަނީ 2016ގައި އޭނާގެ "ޕިލޯ ޓޯކް" އިން މި ޗާރޓުގެ އެއްވަނަ ހޯދައިފަ އެވެ.
އެޑް ޝީރެންގެ "ޝޭޕް އޮފް ޔޫ" މި ޗާޓުގެ ދެވަނައަށް ވެއްޓިފައިވާއިރު ތިން ވަނާގައި ވަނީ އޭނާގެ ލަވަ އެކެވެ.
މި ދިޔަ މަހު ޝީރެން ވަނީ މި ޗާޓުގެ 20 ވަނަތަކުގެ ތެރެއިން 16 ވަނަތައް ހޯދާފަ އެވެ. އެއްވަނައިން ފެށިގެން ހަ ވަނާގައި ހިމެނުނީ ޝީރެންގެ ލަވަތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް