އެސްޓިއޯގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަނީ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމައިފި އެވެ. އެކަމަކު ބާއްވާ ތާރީހެއް އަދި ކަނޑައެއް ނާޅައެވެ. އެސްޓީއޯއިން ނެރެފައިވާ ނުސްބަޔާނެއްގައި...

15 Apr 2017 | 05:39

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އެކަމަކު ބާއްވާ ތާރީހެއް އަދި ކަނޑައެއް ނާޅައެވެ. އެސްޓީއޯއިން ނެރެފައިވާ ނުސްބަޔާނެއްގައި ބުނެފައިވަނީ މެއި މަހު އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށާއި، ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ އެ ޖަލްސާއަށް ހާޒިރުވެވޭނީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ހިއްސާގެ މުއާމަލާތް ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ހިއްސާގެ ފައިދާ ލިބޭނީވެސް އެ ފަރާތްތަކަށް ކަމަށް ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނިން ވަނީ ހިއްސާއަކަށް 57 ރުފިޔާ ބަހަން ފާސްކޮށްފައި އެވެ.

އެސްޓީއޯއަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 301.5 މިލިޔަން ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް