ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއެއް ހިންނަވަރުގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އޭޓީއެމްއެއް ޅ. ހިންނަވަރުގައި ހުޅުވައިފި އެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އޭޓީއެމް ހުޅުވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ބީއެމްއެލްގެ ޑެ...

15 Apr 2017 | 05:01

ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އޭޓީއެމްއެއް ޅ. ހިންނަވަރުގައި ހުޅުވައިފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އޭޓީއެމް ހުޅުވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ.

ބީއެމްއެލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި އޭޓީއެމްއިން ފައިސާ ނެގުމާއި ޖަމާ ކުރުން އަދި ޗެކު ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތްވެސް ލިބޭނެ ކަމަށެވެ.

"ހިންނަވަރުގައި އޭޓީއެމްގެ ޚިދުމަތް ދޭންފަށާފައި މިވަނީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށާއި ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިންނެވެ،" ބަޔާނުގައި ވެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 34 ބްރާންޗް، 85 އޭޓީއެމް، 4000 ޕީއޯއެސް މަޗަންޓުން، 200 ކޭޝް އޭޖެންޓުން، 27 ސެލްފް ސަވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ ހިދުމަތް ދެމުން އަންނަ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް