އަންހެނުންގެ މިނިސްޓަރަކަށް ހަމަޖައްސަން އެންމެ ރަނގަޅީ ކަންގަނާ!

ބޮލީވުޑްގައި އެންމެ ގިނަ ވާހަކަ ދައްކާ,އަދި އެންމެ މީހުންގެ ބޮލަށް އުނދަގޫވާޒާތުގެ ވާހަކަ ދައްކާ ތަރީގެ ގޮތުގައި ފާހަގަ ކުަރާ ކަންގަނާ ރަނާވަތު އެންމެ ރަނގަޅީ މަހާރާސްޓްރާގެ އަންހެނުންނާ ބެހޭ މިނިސްޓަ...

15 Apr 2017 | 02:59

ބޮލީވުޑްގައި އެންމެ ގިނަ ވާހަކަ ދައްކާ,އަދި އެންމެ މީހުންގެ ބޮލަށް އުނދަގޫވާޒާތުގެ ވާހަކަ ދައްކާ ތަރީގެ ގޮތުގައި ފާހަގަ ކުަރާ ކަންގަނާ ރަނާވަތު އެންމެ ރަނގަޅީ މަހާރާސްޓްރާގެ އަންހެނުންނާ ބެހޭ މިނިސްޓަރަކަށް އައްޔަން ކުރަން ކަމަށް އާލިއާ ބަޓާއި ރަންބީރު ކަޕޫރު ބުނެފި އެވެ.

މުމްބާއީގައި ބޭއްވި މަހާރާސްޓްރިއަން އޮފް ދަ އިޔާ އެވޯޑްގައި މި ދެ ތަރިންނާ ވަނީ ބޮލީވުޑްގެ ތަރިންގެ ތެރެއިން މަހާރާސްޓްރާގެ މިނިސްޓަރުންނާ އެންމެ ވައްތަރު ތަރިން ހޮވަން ހަވާލުކޮށްފައި އެވެ. އެގޮތުން އެކި ތަރިން އެކި މިނިސްޓަރުންނާއި ވައްތަރުކަމަށް ބުނަމުން ގޮސް އާލިއާ އާއި ރަންބީރުވެސް ވަނީ ކަންގަނާ އެންމެ ގުޅެނީ އަންހެނުންގެ މިނިސްޓަރަކާެއި ކަމަށް ބުނެފައި އެވެ.

އެ ދެމީހުން ބުނީ އެއްވެސް ކަމެއްގައި އަންހެނުންނާއި މެދު ތަފާތު ކުރުމެއް ނެތި ހަމަ ހަމަކަމާއި އެކު އަމަލު ކުރަންޖެހޭނެ ކަމަށް ވަކާލާތު ކުރަން ފަށައިފި ނަމަ އެންމެ ކުރީގައި ހުންނާނީ ކަންގަނާ ކަމަށެވެ.

ކަންގަނާ ކުޅެފައިވާ ފިލްމު 'ކުއީން' އަކީ އަންހެނުންނަށް ކުރާ ގަދަރާ ދިމާވާ މައްސަލަތަކުގެ މައްޗަށް ތައްރާރު ކޮށްފައި ފިލްމެކެވެ.

އެ ފިލްމަށް ގައުމީ އެވޯޑު ލިބިފަ އެވެ. އަދި ކަންގަނާއަށްވެސް ވަނީ އެ ފިލްމުން ގައުމީ އެވޯޑު ލިބިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް