އައްޑޫ ސިޓީގައި ކުޑަކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓްވެ ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ މިއަދު 3:40 ކަންހާއިރު އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ސިޓީ ކައުންސިލް ކައިރީގައި ކަމަށެވެ. އެ ހާދިސާގައި މެދު އުމުރިގެ ދެމީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ގިނގާފައިވަނީ 15 އަހަރުގެ ކުއްޖަކު ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި އެއެކްސިޑެންޓް ހިނގުމުން ސައިކަލް ދުއްވަން އިން ކުޑަކުއްޖާ ފިލަން މަސައްކަތް ކުރިނަމަވެސް ފުލުހުން އޭނާ ހިފަހައްޓާފައިވާކަމަށެވެ.
އެދެ މީހުންނަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ވޭތުވެދިޔަ 15 ވަރަކަށޤ ދުވަހުގެ ތެރޭގައި އައްޑޫގައި ނުރައްކާތެރި ހަތަރު އެކްސިޑެންޓެއް ހިނގާފައިވާއިރު ދެ މީހަކު ވަނީ ނިޔާވެފަ އެވެ. އަދި ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފަ ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް